
އިޒްރޭލަށް ހަމަލާދިނުމަށް ނިއުކްލާ ހަތިޔާރު ބޭނުންކުރާނެ ކަމުގެ ނުސިދާ އިންޒާރު އިރާނުން ދީފި
# އިރާން - އިސްރާއީލްއިޒްރޭލުން ދާދި ފަހުން އިރާނަށް ދިން ހަމަލާގެ ބަދަލު ހިފުމަށް ނިއުކްލިއާ ހަތިޔާރު ބޭނުންކުރާނެ ކަމުގެ ނުސީދާ އިންޒާރު އިރާނުން ދީފި އެވެ.

އިޒްރޭލުން އިރާނަށް ވަރުގަދަ ހަމަލާތަކެއްދިނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. މި ހަމަލާ އިޒްރޭލުން އަމާޒުކުރީ އިރާނުގެ އަސްކަރީ މަރުކަޒުތަކަށެވެ. އޭގެ ތެރޭގައި ވެރިރަށް ތެހެރާނުގެ ބައެއް އަމާޒުތައްވެސް ހިމެނެއެވެ. މި ހަމަލާގައި އިރާނުގެ 4 ސިފައިން ޝަހީދުވިކަން އިރާނުން ވަނީ ހާމަކޮށްފައެވެ.
އިޒްރޭލުން އިރާނަށް ހަމަލާތަކެއް ދިނީ ފަލަސްތީނުގެ މިނިވަންކަމަށް ހަނގުރާމަކުރަމުން އަންނަ ހަމާސްގެ ލީޑަރު ހަނިއްޔާ އާއި ހިޒްބުالله ގެ ލީޑަރު ހަސަން ނަސްރަالله ގެ ޔަހޫދީ ސިފައިންގެ ހަމަލާތަކެއްގައި އަވަހާރަކޮށްލުމާއި ގުޅިގެން ބަދަލު ހިފުމަށެވެ. އިރާނުން ފުރަތަމަ އިޒްރޭލަށް ހަމަލާދިނީ އޭޕްރިލް މަހުގައި އެވެ. އަދި މި ހިނގާ އޮކްޓޯބަރު މަހު ދެވަނަ ހަމަލާއެއް ވަނީ ދީފައި އެވެ. މިއާއި އެކު އިޒްރޭލުން އިރާނަށް ހަމަލާދޭނެކަން އޮތީ ވަރަށް ބޮޑަށް ކަށަވަރުވެފައި އެވެ.
މިމަހުގެ 25 ވަނަ ދުވަހު ދިން ހަމަލާގައި އިރާނުގެ 4 ސިފައިން ޝަހީދުކޮށްލުމާއި އެކު އިޒްރޭލުގެ ކިބައިން ބަދަލު ހިފަން ތައްޔާރުވަމުންދާކަން އިރާނުން ރަސްމީކޮށް އިއްޔެ ވަނީ އިއުލާނުކޮށްފައެވެ.
މިއަދު އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އެސްމައިލް ބަޣާއީ މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅޭ ގޮތުން ވިދާޅުވީ މި ހަމަލާގެ ބަދަލު ހިފުމަށް އިރާނުގެ ހުރިހާ އަސްކަރީ ބާރުތަކެއް ބޭނުންކުރާނެ ކަމަށެވެ. މިފަދައިން އޭނާ ވިދާޅުވުމާއި އެކު މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ މިއީ ނިއުކްލިއާ ހަތިޔާރު ބޭނުންކުރާނެ ކަމުގެ އިންޒާރު އިރާނުން ނުސީދާކޮށް ދިނުން ކަމަށް ސިފަ ކޮށްފައެވެ.
އިރާނަކީ ދުނިޔޭގެ ނިއުކްލިއާ ބާރެކެވެ. އިޒްރޭލުން ހޮނިހިރު ދުވަހު ދިން ހަމަލާތަކުގެެ އަމާޒެއްގެ ގޮތުގައި އިރާނުގެ ނިއުކްލިއާ ޕްލާންޓުތައް ހިމެނޭކަމަށް އިޒްރޭލުގެ ބައެއް މީޑިއާތަކުންވެސް ވަނީ ބުނެފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކުރިޔަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އިރާނުން އިޒްރޭލަށް މިހާތަނަށް ނުދޭ ފަދަ ބޮޑު ހަމަލާއެއް ދޭނެ އެވެ.
ގުޅުންހުރި

އިޒްރޭލަށް ހަމަލާދިނުމަށް ނިއުކްލާ ހަތިޔާރު ބޭނުންކުރާނެ ކަމުގެ ނުސިދާ އިންޒާރު އިރާނުން ދީފި

އިރާނުގެ ވެރިރަށް ތެހެރާނުގައި ވެސް ގޮވުންތަކެއްގެ އަޑު!

އިޒްރޭލުން އިރާނަށް މިއަދު ދިން ހަމަލާގައި އިރާނުގެ ދެ ސިފައިން ޝަހީދުވެއްޖެ
