
ލުބުނާނުގެ ރައްތިތުންނަށް ބިރުވެރި ރެޔެއް, އެއް ގަޑިއިރުގެ ތެރޭގައި ވައިގެ މަގުން ޔަހޫދީންގެ 15 ހަމަލާ!
# ލުބުނާން - އިސްރާއިލްއިޒްރޭލުގެ އަސްކަރިއްޔާގެ ވައިގެ މަތިންދާބޯޓުތަކުން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ފާއިތުވި އެއްގަޑި އިރުގެ ތެރޭގައި 14 ހަމަލާދީފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ލުބުނާނުގެ ދައުލަތުގެ މީޑިއާއިން ބުނީ އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ލުބުނާނުގެ ވެރިރަށަށް ދެމުންދާ ހަމަލާތަކަކީ މިހާތަނަށް އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ލުބުނާނަށް ދެމުން ދާ އެންމެ ވަރުގަދަ ހަމަލާތައް ކަމަށާއި މި ހަމަލާތަކުގެ އަދަދު މިހާރު 15 އަށް އަރާފައިވާ ކަމަށެވެ.
އެގޮތުން މިރޭ ދިން ހަމަލާތަކަށް ބަލާއިރު ބެއިރޫތުގެ ދެކުނުގެ އަވަށެއް ކަމަށްވާ އަލް ލައިލާކީގައި ހުންނަ ރެސިޑެންޝަލް ކޮމްޕްލެކްސްއަކަށް ފަސް ވައިގެ ހަމަލާއެއް ޔަހޫދީން ވަނީ ދީފައި އެވެ.
މި ހަމަލާތަކާއި ގުޅިގެން މިވަގުތާއި ހަމައަށް އެކަކު ޝަހީދުވެ 5 މީހަކު ޒަހަމްވެގެން ފަރުވާ ދެމުންދާ ކަމަށް ލުބުނާނުގެ ސަރުކާރުން ބުނެއެވެ.
މި ހަމަލާތައް ދެމުން މިދަނީ އިސްރާއީލުގެ އަސްކަރިއްޔާއިން އެ ސަރަހައްދުތަކަށް މިއަދު ހަވީރު "އިވެކުއޭޝަން" އިންޒާރު ވެސްދީފައިވާ ދަނޑިވަޅެއްގައި އެވެ.
ޔަހޫދީން ބުނާގޮތުގައި މިހަމަލާތަކަކީ ހިޒްބުاللهގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކެކެވެ. ނަމަވެސް ހަމަލާތަކުގައި ގިނައިން ޝަހީދުވެފައިވަނީ ހިޒްބުالله އާއި އެއްވެސް ގުޅުމެއް ނެތް މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގުޅުންހުރި

އިޒްރޭލުން ލުބުނާނުގެ ވެރިރަށަށް ވަރުގަދަ ހަމަލާއެއް: މިއީ މިފަހުން ބެއިރޫތަށް ޔަހޫދީން ދިން އެންމެ ބޮޑު ހަމަލާ - ރޮއެޓާސް

މިމަހުގެ 18 ގެ ކުރިން ލުބުނާނުގައި ތިބި ޔަހޫދީ ސިފައިން ފައިބާން އަންގައިފި

ނިރުބަވެރި އިޒްރޭލުން ލުބުނާނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލަނީ
