logoEN
cocacola
ހަމާސްގެ އައު ލީޑަރު ޔަހްޔާ ސިންވާރު އަވަހާރަކޮށްލައިފިން - ނިރުބަވެރި އިޒްރޭލު އަސްކަރިއްޔާ

ހަމާސްގެ އައު ލީޑަރު ޔަހްޔާ ސިންވާރު އަވަހާރަކޮށްލައިފިން - ނިރުބަވެރި އިޒްރޭލު އަސްކަރިއްޔާ

އަހުމަދު ޝުރާއު

logo

10/17/2024, 1:00:55 PM

# ހަމާސް

ހަމާސްގެ އައު ލީޑަރު ޔަހްޔާ ސިންވާރު އަވަހާރަކޮށްލާފައިވާ ކަމަށް ބެލެވޭ ކަމަށް ނިރުބަވެރި އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފި އެވެ.

ގޮސިޔާ

އިޒްރޭލު އަސްކަރިއްޔާއިން މިފަދައިން ބުނެފައި މިވަނީ މިއަދު ޔަހޫދީން ހަމާސްގެ ކޮމާންޑު ސެންޓަރެއްގެ ގޮތުގައި ޣައްޒާގައި ބޭނުންކުރަމުން ދިޔަ ކަމަށް ބުނާ ސްކޫލަކަށް ވަރުގަދަ ހަމަލާއެއް ދީފައި ވަނިކޮށެވެ.

ނިރުބަވެރި އިޒްރޭލުން ޖަބަލިއާގައިހަމާސްގެ ހަނގުރާމަވެރިންގެ އައްޑާއަކަށް ދިން ކަމަށްބުނާ މި ހަމަލާގައި އެތައްބަޔަކު ޝަހީދުވެފައިވާެއިރު މިއީ ހަމާސްގެ ސެންޓަރެއް ކަމަށް ޔަހޫދީން ކުރާ ތުހުމަތު ހަމާސްއިން ދޮގުކުރެއެވެ.

މި ހަމަލާއަށްފަހު އައިޑީއެފްއިން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގައި ހިންގި އޮޕަރޭޝަނެއްގައި އައިޑީއެފްއިން ޝަހީދުކޮށްލި ހަމާސްގެ އިސް ތިން މީހުންގެ ވަނަވަރު އަދި ކަށަވަރު ނުވާ ކަމަށެވެ.ނަމަވެސް އޭގެ ތެރޭގައި ޔަހްޔާ ސިންވާރު ހިމެނޭ ކަމަށް ބެލެވޭ ކަމަށާއި އެކަން އިތުރުަށް ބަލަމުންދާކަމަށް ވަނީ ބުނެފައި އެވެ.

އިތުރު ތަފްސީލް އަންނަނީ ..

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ