logoEN
cocacola
ކޮކާކޯލާ ފައުންޑޭޝަންގެ ޚަރަދުގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބޭލްޑް ޕްލާސްޓިކްފުޅި އެކްސްޕޯޓްކޮށްފި

ކޮކާކޯލާ ފައުންޑޭޝަންގެ ޚަރަދުގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބޭލްޑް ޕްލާސްޓިކްފުޅި އެކްސްޕޯޓްކޮށްފި

އަލްފާ އަލީ

logo

10/16/2024, 7:34:11 AM

# މޯޕާ# ކޮކާ-ކޯލާ# ވެމްކޯ

-

ކޮކާކޯލާ ފައުންޑޭޝަނުގެ ޚަރަދުގައި ޕާޓްނަރުންގެ އެހީއާއެކު ރާއްޖެއިން ފުރަތަމަ ފަހަރަށް ބޭލްޑް ޕްލާސްޓިކް ފުޅި ކޮންޓޭނަރެއް އެކްސްޕޯޓްކޮށްފި އެވެ.

ގޮސިޔާ

މި މަޝްރޫއަކީ ކޮކާކޯލާ ފައުންޑޭޝަނާއި (ޓީސީސީއެފް), މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން, ދިވެހިރާއްޖޭގެ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ޕްލާސްޓިކް ކުނި ބޭނުކޮށް އަލުން ބޭނުންކުރުމުގެ އަމާޒުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.

މި މަޝްރޫޢު ފެށުމަށްޓަކައި, ވޯލްޑް ކްލީންއަޕް ޑޭ 2024ގައި ބޭއްވި ހަރަކާތުގައި ދަ ކޮކާ-ކޯލާ ފައުންޑޭޝަން (ޓީސީސީއެފް) އިން ވަނީ، ޕިކަޕް އާއި ބެލަރ ހިމެނޭ ސާމާނު ސަރުކާރުގެ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ހަދިޔާކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން ރީސައިކަލް ކުރުމަށް ބޭލްޑް ޕެޓް ފުޅި މެލޭޝިއާ އާއި ޗައިނާއަށް އެކްސްޕޯޓް ކުރާނެ އެވެ. މީގެ ކުރިން ޕްލާސްޓިކް ފުޅި އެކްސްޕޯޓް ކުރި ނަމަވެސް, ބޭލްޑް ޕްލާސްޓިކް ފުޅި އެކްސްޕޯޓްކުރަން ފެށުމުން ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި އެއްފަހަރާ އެކްސްޕޯޓްކުރުމަށް ފަސޭހަވެގެންދާނެ އެވެ.

ޓީސީސީއެފްގެ ހަރަދުގައި ހިންގާ އައިލެންޑް ޕެޓް ކަލެކްޝަން މަޝްރޫއުގެ ޖުމްލަ މަގުސަދަކީ ރާއްޖޭގައި ޕްލާސްޓިކް ކުނި ރީސައިކަލް ކުރުމަށް މުޅި ރާއްޖެއަށް ހައްލެއް ހޯދައިދިނުމަށް އެހީތެރިވެދިނުމަށް ބޭނުންވާ އާލާތްތަކާއި ނިޒާމުތައް ވެސް ގާއިމް ކުރުން ކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.

މިވަގުތު ރާއްޖޭގެ ގިނަ ކުނި އުކާލަނީ ނުވަތަ އަންދާލަނީ ކ. ތިލަފުށި ސިނާއީ ރަށުގަ އެވެ. މި މަޝްރޫއާއެކު ރަނގަޅު ގޮތުގައި ކުނި ނައްތާލުމަށް ހަރުދަނާ އުސޫލުތަކެއް ގާއިމްކުރުމަށް މަގުފަހިވެގެން ދާނެ އެވެ.

މި މަޝްރޫއުގައި ޕެޓްފުޅިތައް އެއްކުރުމަށް ރާއްޖޭގެ ރަށްރަށާއި ގުޅުވައިދީ, ކުނި ވަކިކުރުމާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމާއި، ޕެޓް އެއްކުރުމުގެ މަސައްކަތް ފުޅާކުރުމުގައި މޯޕާ އިން މުހިންމު ދައުރެއް އަދާކުރެއެވެ.

"މި މަޝްރޫއަކީ ޕްލާސްޓިކް ކުނިތަކާ ދެކޮޅަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި ރާއްޖެއަށް ލިބުނު އިންގިލާބީ ކުރިއެރުމެއް. މުޖުތަމައުތަކަށް ތައުލީމު ދިނުމާއި ވެމްކޯ ފަދަ ގައުމީ ބައިވެރިންނާ ގުޅިގެން ކުނި މެނޭޖްކުރާ ގޮތް ރަނގަޅު ކުރުމުގެ އިތުރުން، ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާއި ތިމާވެށީގެ ރައްކާތެރިކަމަށް މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް." - " މޯޕާގެ ރައީސް އަހުމަދު މައުމޫން ވިދާޅުވި އެވެ.

ވެމްކޯއާ ގުޅިގެން މޯޕާއިން ވަނީ މުޖުތަމައުތަކުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ތައާރަފްކުރުމަށް އެހީތެރިވެދީ، ޓީސީސީއެފްގެ ހަރަދުގައި ގެނެވޭ ކޮމްޕެކްޓަރާއި ޕިކަޕް ފަދަ ވަސީލަތްތައް މާލޭ ސަރަހައްދާއި އެހެން ރަށްރަށުގައި ވެސް ފައިދާހުރި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތް ހެދުމަށް މަސައްކަތްކޮށްފަ އެވެ.

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވީ, މި އިސްނެގުމަކީ ޕްލާސްޓިކް ކުނި މެނޭޖްކުރުން ރަނގަޅުކޮށް، ރާއްޖޭގައި ރީސައިކަލް ކުރުމުގެ މަސައްކަތްތައް އިތުރުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

"ޕެޓް ކުނި އެއްކުރުމާއި ޕްރޮސެސް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ރަށްރަށަށް ގެންގޮސް، ޕްލާސްޓިކް ތަޣައްޔަރުވުމުގެ އަވަސް ގޮންޖެހުން ހައްލުކުރުމަށް އެހީތެރިވެދިނުމުގެ އިތުރުން ދެމެހެއްޓެނިވި މުސްތަގުބަލެއްގެ ބިންގާއެއް ވެސް ބިނާކުރުމަށް އެޅޭ ބާރެއް. ޕެޓް ކުނި އެކްސްޕޯޓް ކުރުމަކީ ކުނި ނައްތާލުމުގެ އާންމު އުސޫލުތަކުން ޕްލާސްޓިކް ކުނި އެއްކޮށް، ޕްރޮސެސްކޮށް، ރީސައިކަލް ކުރާ ވަށާޖެހޭ އިގްތިސާދީ ވިސްނުމަށް ރާއްޖެ ބަދަލުވުމުގެ މުހިންމު ވަގުތެއްގައި" - މުޖްތަބާ ވިދާޅުވި އެވެ.

ޕެޓް ކުނި އެއްކުރުމުގެ އޮޕަރޭޝަނަލް ކަންތައްތައް ބަލަހައްޓައި، ބެލިން އަދި އެކްސްޕޯޓް ނިޒާމުތައް ރަނގަޅަށް ހިނގާކަން ކަށަވަރުކުރުމުގައި ވެމްކޯ އިން އަދާކުރަނީ މުހިންމު ދައުރެކެވެ.

ދަ ކޮކާ-ކޯލާ ފައުންޑޭޝަންގެ ރައީސް ކާލޮސް ޕަގޯއާގާ ވިދާޅުވީ, މޯޕާ އާއި ވެމްކޯގެ މަސައްކަތްތަކަށް ބޭނުންވާ ހަރަދު ހަމަޖައްސައިދީގެން، ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ސަގާފަތެއް އާލާކޮށް، ވަށާޖެހޭ އިގްތިސާދަކަށް އެހީތެރިވުމަކީ އެ ފައުންޑޭޝަނުގެ އަމާޒެއް ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ