logoEN
Sto top
ސާޖިދާ މުޙައްމަދު ބެންގަލޫރުގެ ސެއިންޓް ޖޯސެފް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައިފި

ސާޖިދާ މުޙައްމަދު ބެންގަލޫރުގެ ސެއިންޓް ޖޯސެފް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައިފި

އަހުމަދު ޝުރާއު

logo

10/10/2024, 7:15:00 AM

# ފަސްޓް ލޭޑީ

-

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އިންޑިއާގެ ބެންގަލޫރުގައި ހުންނަ ސެއިންޓް ޖޯސެފް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައިފިއެވެ.

Wamco

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަކީ ސެއިންޓް ޖޯސެފް ޔުނިވަރސިޓީގެ އިސްދަރިވަރެކެވެ.

ޔުނިވަރސިޓީއަށް ވަޑައިގަތުމުން އެކަމަނާއަށް މަރުޙަބާ ވިދާޅުވީ، އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ، ރެވެރެންޑް ޑޮކްޓަރ ވިކްޓަރ ލޯބޯ އާއި ރަޖިސްޓްރާ، ޕްރޮފެސަރ ޑޮކްޓަރ މެލްވިން ކޮލާކޯއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސެއިންޓް ޖޯސެފް ޔުނިވަރސިޓީއަށް ޒިޔާރަތްކުރެއްވީތީ، ވައިސް ޗާންސެލަރ އެކަމަނާއަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އެކަމަނާއަކީ، ސެއިންޓް ޖޯސެފް ޔުނިވަރސިޓީގެ ފާހަގަކޮށްލެވޭ އިސްދަރިވަރަކަށް ވީތީ އުފާކުރައްވާކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ސެއިންޓް ޖޯސެފް ޔުނިވަރސިޓީއަށް ޒިޔާރަތްކުރެއްވީ އުފަލާއެކުގައިކަން ފާހަގަކުރައްވައި، އެ ޔުނިވަރސިޓީ އަކީ އެކަމަނާގެ މަތީ ތަޢުލީމުގެ ދަތުރު ފެއްޓެވި މަންޒިލްކަމުގައި ވިދާޅުވިއެވެ. އަދި ސެއިންޓް ޖޯސެފް ޔުނިވަރސިޓީއަކީ އެކަމަނާގެ ހިތްޕުޅުގައި ޚާއްޞަ މަޤާމެއް ދެވިފައިވާ ތަޢުލީމީ މުއައްސަސާއެއްކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ޔުނިވަރސިޓީ ދައުރުގެ ހަނދާންތައް އާކުރައްވަމުން، އެ ދައުރުގައި ލިބިވަޑައިގެންނެވި ރަޙުމަތްތެރިންނާއި އޭރު އިރުޝާދު ދެއްވި މުރުޝިދުން އެކަމަނާގެ ހަޔާތްޕުޅުގައި ތަބްދީލީ ދައުރެއް އަދާކުރެއްވި ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ތަޢުލީމު ހާސިލްކުރެއްވުމަށް ބެންގަލޫރުގައި ދިރިއުޅުއްވި އިރު، އެ ސިޓީ ފާހަގަކުރެއްވުނީ، ޘަޤާފީ އަދި ބަހަވީ ސިންދަފާތު ފެންނަ، ދިރުންހުރި ތަނެއްގެ ގޮތުގައިކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside