
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ހައްޖާއި އުމްރާ ކޮންފަރެންސް މިމަހު 31 ގައި!
# އިސްލާމިކް މިނިސްޓްރީ-
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޙައްޖާއި ޢުމްރާއާ ބެހޭ ކޮންފަރެންސް މިމަހު 31 ގައި އޮންނާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ވަޒީރު ޝަހީމް ވިދާޅުވީ ޙައްޖާއި ޢުމްރާއާ ބެހޭ ކޮންފަރެންސް މިމަހު 31 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި ހައްޖާއި އުމްރާގެ ޚިދުމަތް ދޭ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މި ކޮންފަރެންސް މަޤުޞަދަކީ ހައްޖާއި އުމްރާގެ އަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުން ކަމަށްވެސް ވަޒީރު ޝަހީމް ވިދާޅުވި އެވެ.
ޙައްޖާ ޢުމްރާގެ ކަންކަން ހަރުދަނާކުރުމަކީވެސް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ މަސައްކަތެކެވެ. މި މަހާސިންތާގެތެރެއިން މި ދާއިރާއިންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، މިހާރު ހުރި އެކިއެކި ދަތިތަކަށް ޙައްލުހޯދުން ހިމެނެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ދީނީ މަސައްކަތްތަކާ ގުޅޭ ވަކިވަކި ދާއިރާތަކަށް ޢަމާޒުކޮށްގެން މަހާސިންތާތަކެއް ބާއްވަމުންނެވެ. އެގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ މިހާތަނަށް ޢިލްމުވެރިންގެ މަހާސިންތާ, ޖަމްޢިއްޔާ މަހާސިންތާ, ޢިމާމުންގެ މަހާސިންތާ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.
ގުޅުންހުރި

ކެޑާ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރާނީ ޑެޕިއުޓީ މިނިސްޓަރު ޝައިޚް އިމްޠިޠާޢު އައްބާސް!

ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު މަހާސިންތާ ކާމިޔާބު ކަމާއެކު ނިންމާލައިފި

މަތީ ތަޢުލީމު ޙާސިލް ކުރުމަށްދޭ ޒަކާތު ސްކޮލަރޝިޕް މިފަހަރު 24 ފަރާތަކަށް!
.jpg&w=3840&q=75)