logoEN
cocacola
އިޒްރޭލުގައި ދިން ބަޑީގައި ހަމަލާއާއި އެކު އެތަނުގައި ތިބި ޔަހޫދީ ސިފައިން ފިލަން ވަނީ ފާހަނާއަށް!

އިޒްރޭލުގައި ދިން ބަޑީގައި ހަމަލާއާއި އެކު އެތަނުގައި ތިބި ޔަހޫދީ ސިފައިން ފިލަން ވަނީ ފާހަނާއަށް!

އަހުމަދު ޝުރާއު

logo

10/6/2024, 1:31:44 PM

# އިސްރާއިލް

-

އިޒްރޭލުގައި މިއަދު ދިން ބަޑީގެ ހަމަލާދިން ވަގުތު އެތަނުގައި ތިބި ޔަހޫދީ އަސްކަރިއްޔާގެ ސިފައިން ފިލަން ފާހަނާއަށް ވަތްކަން ފަޅާއަަރައިފި އެވެ.

ގޮސިޔާ

އިޒްރޭލު މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އިޒްރޭލުގެ ދެކުނުގައި އޮންނަ ބީއާ ޝެވާގައި ހިންގި ބަޑީގެ ހަމަލާދިން ވަގުތު އެސަރަހައްދުގައި ތިބި އިޒްރޭލު ސިފައިން ވަނީ މެކްޑޮނަލްޑްސްގެ ފާހާނާތަކުގައި ފިލާ ތިބެފަ އެވެ.

އަދި އެމީހުން ފާހަނާ ތެރެއިން ނުކުތީ ހަމަލާ ދިން މީހާ ގަޔަށް ބަޑިޖަހައި މަރާލިފަހުން ކަމަށާއި އޭނާ މަރާލި ޔަހޫދީ ފުލުހުން ކަމަށްވެސް އިޒްރޭލުގެ މީޑިއާތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ.

އިޒްރޭލުގެ ފުލުހުންނާއި ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އިޒްރޭލުގެ ދެކުނުގެ ބީރްޝެބާ ސިޓީގައި ދިން ބަޑީގެ ހަމަލާއެއްގައި އެތައް ބަޔަކު ވަނީ ޒަހަމްވެފައި އެވެ. އަދި މި ހަމަލާގައި މިހާތަނަށް 25 އަހަރުގެ ޔަހޫދީ އަންހެނަކު މަރުވެެފައިވާ ކަމަށްވެސް އިމަޖެންސީގައި ހިދުމަތް ދޭ މެޖެން ޑޭވިޑް އަޑޮމް އިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައި އެވެ.

އިޒްރޭލުގެ ފުލުހުން ބުނީ މި ހާދިސާ އަކީ ޓެރަރިޒަމްގެ ހަމަލާއެއް ކަމަށް ބެލެވޭ ކަމެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ އެ ސިޓީގެ ސެންޓްރަލް ބަސް ސްޓޭޝަނުގައެވެ.

މި ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހާ މިހާރު މަރާލާފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މި ހަމަލާގެ ޒިންމާ އަދި މިހާތަނަށް އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ.

އިޒްރޭލުގެ އިމަޖެންސީ ޕްރީ ހޮސްޕިޓަލް ޔުނިޓް ކަމަށްވާ އެމްޑީއޭ އިޒްރޭލުން ބުނީ ޒަހަމްވި 10 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި އެ ހާދިސާގައި އެކަކަށް ފަރުވާ ދެމުން ދަނީ ސީރިއަސް ހާލަތެއްގައި ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ