logoEN
cocacola
ހަމަލާދީފިނަމަ އިޒްރޭލުގެ ހަކަތައާއި ގޭސް ސައިޓްތަކަށް ހަމަލާދޭނަނަށް: އިރާނު

ހަމަލާދީފިނަމަ އިޒްރޭލުގެ ހަކަތައާއި ގޭސް ސައިޓްތަކަށް ހަމަލާދޭނަނަށް: އިރާނު

އަހުމަދު ޝުރާއު

logo

10/4/2024, 1:56:55 PM

# އިރާން-އިސްރާއިލް

އިޒްރޭލުން އިރާނަށް ހަމަލާއެއް ދީފި ނަމަ އިރާނުން އިޒްރޭލުގެ ހަކަތައިގެ ސައިޓުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދިީފި އެވެ

ގޮސިޔާ

އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ޑެޕިއުޓީ ކޮމާންޑަރު އަލީ ފަދާވީއާ ހަވާލާދީ އީރާނުގެ ސެމީ އޮފިޝަލް ނިއުސް އެޖެންސީ އެސްއެންއެން އިން ބުނީ އިރާނަށް އިޒްރޭލުގެ ހަމަލާއެއް އަމާޒުވެއްޖެ ނަމަ އިޒްރޭލުގެ ހަކަތަ އާއި ގޭސް އުފައްދާ ތަންތަނަށް އީރާނުން ހަމަލާދޭނެ ކަމަށެވެ.

"އެފަދަ ގޯހެއް ހަދައިފި ނަމަ އެ މީހުންގެ ހަކަތައިގެ ހުރިހާ ވަސީލަތްތަކާއި އިންސްޓޯލްމަންޓާއި ހުރިހާ ރިފައިނަރީތަކާއި ގޭސް ފީލްޑްތަކަށް ޓާގެޓް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިސް ކޮމާންޑަަރަކު މިފަދައިން ބުނި އިރު ދާދި ފަހުން އިރާނުން އިޒްރޭލަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދިނުމާއި އެކު އޭގެ ބަދަލު ހިފަން އިޒްރޭލުން އިރާނަށް ވަރުގަދަ ހަމަލާއެއް ދޭން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ދަނީ ބުނަމުންނެވެ. އެގޮތުން ބައެއް ރިޕޯޓުތައް ބުނާގޮތުގައި އިޒްރޭލުން ހަމަލާދިނުމަށް ތައްޔާރުވަމުން ދަނީ އިރާނުގެ ހަކަތައިގެ ސައިޓުތަކާއި ނިއުކްލިއާ ޕްލާންޓުތަކަށެވެ.

އިރާނުން އިޒްރޭލަށް މިދިޔަ ހަފްތާގައި މިސައިލް ހަމަލާއެއް ދިނުމުގެ ސަބަބުން އިޒްރޭލުގެ ބައެއް ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އިރާނުން ބުނާގޮތުގައި އެހަމަލާއަކީ އިރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރަކާއި އިރާނުގެ ފުރިހަމަ އެއްބާރުލުން ލިބޭ ހިޒްބުالله ޖަމާއަތުގެ ލީޑަރު ހަސަން ނަސްރަالله ގެ މަރުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ