
ގެވެށިއަނިޔާގެ ސަބަބުން، އިޖުތިމާޢީ ފޭރާން ހަލާކުވެ، މުޖުތަމަޢު ވިއްސިވިހާލިވާ ތަން ބަލާން ތިބެގެން ނުވާނެ - ހުތުބާ
# ހުތުބާ-
ގެވެށިއަނިޔާގެ ސަބަބުން، އިޖުތިމާޢީ ފޭރާން ހަލާކުވެ، މުޖުތަމަޢު ވިއްސިވިހާލިވާ ތަން ބަލާން ތިބެގެންނެއް ނުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ "ގެވެށި އަނިޔާ" މި މައުޟޫއަށެވެ.
ހުތުބާގައި ވިދާޅުވީ, އަނިޔާވެރިވުމުގެ ހުރިހައި ވައްތަރެއް އިސްލާމްދީނުގައި ވަނީ ޙަރާމްކުރައްވައިފައިވާއިރު, އޭގެ ތެރޭގައި ގެވެށި އަނިޔާވެސް ހިމެނޭ ކަމަށެވެ. އަދި ގެވެށި އަނިޔާ އަކީ މުޖުތަމަޢުގައި ގަދަ އަޑުން ވާހަކަދެކެވޭ، އެ ކަމާ މެދު ކަންބޮޑުވެ، އެ ކަން ހުއްޓުވުމަށް ޓަކައި އަޑު އުފުލަމުންދާ މައްސަލައެއް ކަމަށްވެސް ހުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.
ގެވެށިއަނިޔާގެ ތެރޭގައި ހިމެނެނީ، ފިރީން އަނބީންނަށް، އަނބީން ފިރީންނަށް ކުރާ އަނިޔާއާއި، މައިންބަފައިން ދަރިންނަށް ކުރާ އަނިޔާއާއި، ދަރީން މައިންބަފައިންނަށް ކުރާ އަނިޔާއާއި، އެކަކު އަނެކަކަށްކުރާ ތަފާތު ބާވަތްތަކުގެ އަނިޔާތަކެވެ.
މުސްލިމް މުޖުތަމަޢަކީ ރަޙްމަތާއި، ކުލުނާއި، އޯގާވެރިކަމާއި، އަޅައިލުމުގެ މުޖުތަމަޢެއް ކަމަށް ފާހަގަކޮށް ހުތުބާގައި ވިދާޅުވީ, އްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ އިސްލާމްދީނުގެ އަސާސުކަމުގައިވާ އޯގާވެރިކަމާ އަރައިރުންވާ ކަމެއް ކަމަށެވެ.
މުސްލިމް އަންހެނުންނަކީ އިސްލާމީ މުޖުތަމަޢުގެ ބިނާގެ އެއް ބައި ކަމުގައިވާ އިރު، އަދި އެ ކަނބަލުން މުސްލިމް ފިރިހެނުންގެ އަނބީންނަށް، ނުވަތަ މައިންނަށް، ނުވަތަ އުޚްތުންނަށް، ނުވަތަ ދަރިންނަށްވާ އިރު، އެ ކަނބަލުންނަށް އަނިޔާވެރިވުމުގެ ކުރީން، އެ ކަމާ މެދު ކޮންމެ މުސްލިމަކު ވިސްނާލަން ޖެހޭކަމަށް ހުތުބާގައި ގޮވާލާފައިވެއެވެ.
"އެ ކަނބަލުންގެ އަގުވައްޓައިލުމަށް ޓަކައި، އެ ކަނބަލުންގެ އަބުރާބެހުމާއި، އެ ކަނބަލުންނަށް ފުރައްސާރަކުރުމާއި، އެ ކަނބަލުންގެ ޢިއްފަތްތެރިކަމަށް އަރައިގަތުމާއި، އެ ކަނބަލުން ނާޖާއިޒު ގޮތުގައި ބޭނުންކުރުމަކީ އިސްލާމްދީން މަނާކުރާ ބޮޑެތި ފާފަތަކުގެ ތެރޭގައި، ހިމެނޭ ކަންކަމެވެ." - ހުތުބާ
ގެވެށިއަނިޔާގެ ރޯގާ އަހަރެމެންގެ ގޭތެރޭގައި ވަކިހިއްޕަމުން ދަނީ ބައްޕައާއި ދަރީންނާ ދެމެދުގައި، ނުވަތަ މަންމައާއި ދަރީންނާ ދެމެދުގައި ނުވަތަ ފިރިމީހާއާއި އަނބިމީހާއާ ނުވަތަ އަނބިމީހާއާއި ފިރިމީހާއާ ދެމެދުގައި ބަދަލުކުރެވޭ ހަރުކަށި މުޢާމަލާތުތަކުގެ ސަބަބުންކަމަށް ހުތުބާގައި ވިދާޅުވެފައިވެއެވެ.
ބައެއް ފިރިހެނުން ހަރުކަށި ގޮތަކަށް މުޢާމަލާތުކުރަނީ އަޚްލާޤު ރިވެތި، ޢިލްމުވެރި ބަޔަކަށް އެމީހުންގެ ދަރީންނާއި އަނބީން ހެދުމަށްޓަކައެވެ. އެހެންނަމަވެސް ފިރިހެނާ މި ގޮތަށް ޢަމަލުކުރުމުގެ ސަބަބުން އަނބިމީހާއާއި ދަރީންގެ ނުކިޔަމަންތެރިކަން އިތުރުވާކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
ހުތުބާގައި ވިދާޅުވީ, ފިރިމީހާ އޭނާގެ އަނބިމީހާއަށް ކަމޭހިތުމަކީ، އޭނާގެ ފިރިހެންވަންތަކަމަށް ލިބޭ އުނިކަމެއް ނޫން ކަމަށެވެ. އަދި ޙަޤީޤަތަށް ބަލާ އިރު، ފިރިމީހާގެ ފިރިހެންވަންތަކަން އޮންނާނީ އަނބިމީހާއަށް އަޅައިލުމާއި އޯގާތެރިވުމުގެ މަތީގައި ކަމަށްވެސް ހުތުބާގައި ވިދާޅުވެފައިވެއެވެ.
ގެވެށި އަނިޔާފަދަ ކަންކަމަށް އަރައިގަނެވެނީ އީމާންކަން ބަލިކަށުވުމުގެ ސަބަބުން ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އީމާންކަން ނެތިއްޖެ ނަމަ، ލަދުވެތިކަމެއް ނުއޮންނާނެ ކަމަށާއި, ލަދުވެތިކަން ނެތިއްޖެ ނަމަ، އެއްވެސް ނުބައި ކަމަކަށް އަރައިގަތުމުގައި ފަހަކަށް ނުޖެހޭނެ ކަމަށް ހުތުބާގައި ފާހަގަކޮށްގައިވެއެވެ.
ފިރީން އަނބީންނަށް އޯގާތެރިވެ އަޅައިލުން، އިސްލާމްދީނުގައި ވާޖިބުކުރައްވައިފައިވާ ފަދައިން، ﷲ އަށާއި އެކަލާނގެ ރަސޫލާ ސައްލަالله އަލައިހި ވަސައްލަމަ އަށް އުރެދުމެއް ނުވާ ކަންކަމުގައި، އަނބީން ވެސް ފިރީންނަށް ކިޔަމަންތެރިވުން އިސްލާމްދީނުގައި ވާޖިބުކުރައްވައިފައިވެއެވެ.
ގެވެށި އަނިޔާއަކީ، ފިރިހެނުންގެ ފަރާތުން އަންހެނުންނަށް ލިބޭ އަނިޔާ އެކަންޏެއް ނޫން ކަމަށާއި, އަންހެނުންގެ ފަރާތުން ފިރިހެނުންނަށް ލިބޭ އަނިޔާ ވެސް، ގެވެށިއަނިޔާގެ ތެރޭގައި ހިމެނޭ ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ. ދެމަފިރީން ދަރީންކުރިމަތީ ޒުވާބުކުރުމާއި، ޖަދަލުކުރުމުގެ ސަބަބުން ދަރީންނަށް ނަފްސާނީގޮތުން އަނިޔާލިބި، އެ ކުދީންގެ މެދުގައި އަނިޔާވެރިވުމަށް މަގުފަހިވާކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
ދެމަފިރީން ވެސް މާތް ﷲ ކަނޑައަޅުއްވައިފައިވާ ޙުދޫދުގެ ތެރޭގައި ތިބުމަށް ހުތުބާގއި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އަނބީން ފިރީންނަށް ކިޔަމަންތެރިވެ، އަމާނާތްތެރިވާން ޖެހޭނޭކަމާއި، އަދި ފިރީން ވެސް އަނބީންނަށް އޯގާތެރިވެ އެހީތެރިވާން ޖެހޭނެ ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި ގެވެށިއަނިޔާގެ ހުރިހައި ބާވަތަކުން ދުރުހެލިވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ގުޅުންހުރި
.webp&w=3840&q=75)
އިސްލާމީ މުޖުތަމަޢެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު - ހުތުބާ

މަސައްކަތުގައި މަކަރުހަދައި، ފަރުވާކުޑަކޮށް، އިހުމާލުވެއްޖެނަމަ، މަސައްކަތުގެ ބަރަކާތް ކެނޑިދާނެ - ހުތުބާ

ކީރިތި ޤުރްއާނުގެ އަޚުލާޤުން ޒީނަތްތެރިވުމަކީ ގިނަގުނަ ދަރުމައާއި ޘަވާބު ލިބޭނެ ކަމެއް - ހުތުބާ

އަނބިދަރީންނަށް ރިޒުޤު ތަނަވަސްކޮށްދިނުމަށް ޓަކައި މަސައްކަތްކުރުމަކީ اللهގެ މަގުގައި ޖިހާދުކުރުން ފަދަ ސަވާބު މަތިވެރި ކަމެއް - ހުތުބާ
ފަހުގެ

އަބްދުއްރަހީމް ރަސްމީ ދަތުރުފުޅެއްގައި އުޒްބަކިސްތާނަށް ވަޑައިގެންފި

ސްރީލަންކާގެ އެންމެ މަތީ ޝަރަފު މޯދީއަށް އަރުވައިފި

ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ގުޅީ ބިންހިއްކަން ފަށައިފި

ވީއައިއޭއިން ފުރަން ދިޔަ ޕަސެންޖަރެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ

ރައީސް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
