logoEN
cocacola
އެމްއޭސީއެލް އިން ފިނި މޫސުމަށް ތައްޔާރުވަނީ

އެމްއޭސީއެލް އިން ފިނި މޫސުމަށް ތައްޔާރުވަނީ

އަލްފާ އަލީ

logo

10/3/2024, 2:25:29 PM

# އެމްއޭސީއެލް

-

މިއަހަރުގެ ފިނި މޫސުމަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ އެއަރޕޯޓް އޮޕަރޭޝަންސް ޑިވިޜަން އިން މިއަދު ބައްދަލުވުމެއް ބާއްވައިފިއެވެ.

ގޮސިޔާ

މި ބައްދަލުވުމަކީ ކުރިއަށް އޮތް ފަތުރުވެރިކަމުގެ ސީޒަންގައި އެއަރޕޯޓް އޮޕަރޭޝަންސްއަށް ދިމާވާ ގޮންޖެހުންތައް މަޝްވަރާކޮށް އެ ކަންކަންހައްލުކުރަން މަސައްކަތްތައް އިންތިޒާމްކުރުމުގެ ގޮތެއް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމަގައި އެމް.އޭ.ސީ.އެލް ގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ލަތީފް އަދި ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވިންޓަރ ރެޑިނަސް މީޓިންގައި ވާހަކަ ދައްކަވަމުން ސީ.އީ.އޯ ޝަރީފް ވިދާޅުވީ، ކުންފުނިން ވިންޓަރ ސީޒަނަށްތައްޔާރުވަމުންދާއިރު އައު ބެގޭޖް ހޭންޑްލިންގ ސިސްޓަމެއްވެސް ތަޢާރަފުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މި ސިސްޓަމުގެ ސަބަބުން އެއަރޕޯޓުގެ މަސައްކަތްތައް މިހާރަށްވުރެ ހަލުވިކޮށް، ފަސިންޖަރުންނަށް ދޭޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ސީ.އީ.އޯ ވިދާޅުވިއެވެ. އަދި އެމް.އޭ.ސީ.އެލްގެ ލަނޑުދަނޑިތަކާއި އެއްގޮތްވާގޮތުގެ މަތިން މުވައްޒަފުންނާއި މެނޭޖްމަންޓް ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދާނެކަން ފާހަގަކޮށް، އިކުއިޕްމަންޓް އަޕްގްރޭޑްކުރުމާއި ޚިދުމަތްތައް ރަނގަޅުކުރުމަށް އިސްކަންދޭނެކަމަށް ސީ.އީ.އޯ ޝަރީފް ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު މަޝްވަރާތައް ކުންފުނީގެ ހިއްސާދާރުންނާއި އެކު ބޭއްވުމަށް ވަނީ ނިންމާފައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ބޭނުންކުރާ ޓަރމިނަލް ސަރަހައްދު ތަނަވަސްކޮށް، ކާރުބާރޫބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ