.jpeg&w=3840&q=75)
-
ސްޓެލްކޯ އިން އަމާޒު ހިފާފައިވާ 500,000 ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 36000އަށްވުރެ ގިނަ ގަސް އިންދައިފި އެވެ.

ސްޓެލްކޯ އިން ބުނީ ސަރުކާރުގެ 'ފަސް އަހަރުން ފަސް މިލިއަން ގަސް' ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ހަރަކާތެއް ފަށާފައިވާ ކަމަށެވެ.
މި ހަރަކާތުގައި މި އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި 36،825 ގަސް އިންދާފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މި ޕްރޮގްރާމް ފުރިހަމަ ކުރުމަށް ކުރިއަށް އޮތް ތަނުގައި ކޮންމެ މަހަކުވެސް ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.
ސަރުކާރުން ފަށާފައިމިވާ ޕްރޮގްރާމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރު އަދާ ކުރައްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވީ ފަސް ލައްކަ ގަސް އިންދުމުގެ ގޮތުން, އެކުންފުނިން މި ޕްރޮގްރާމް ފެށިފަހުން މަހަކު ގާތްގަނޑަކަށް 9200 އިންދުމަށް އެކުންފުނިން އަމާޒު ހިފާފައިވާ ކަމަށެވެ.
ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ 2023 ވަނަ އަހަރު ދުބާއީގައި ކުރިއަށްދިޔަ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ޤައުމީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ ޕްރޮގްރާމެކެވެ.
ގުޅުންހުރި

ސްޓެލްކޯގެ އިންހައުސް ޓްރެއިނަރސް ޕޫލް އިފްތިތާޙުކޮށްފި

މާދަމާ މާލެއާއި ހުލުމާލޭގެ ބައެއް ސަރަހައްދުތަކުން ކުޑަވަގުތުކޮޅަކަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު: ސްޓެލްކޯއިން މި ހަފްތާ ބަންދުގައިވެސް ގަސް އިންދުމުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔަ!
