
ލުބުނާނު ބޯޑަރު ސަރަހައްދުގައި ހިނގި ކުރިމަތިލުންތަކުގައި އިޒްރޭލުގެ 2 ސިފައިން މަރާލައިފި
# ލުބުނާން - އިސްރާއިލްއިޒްރޭލު އަސްކަރިއްޔާއިން ދެކުނު ލުބުނާނުގެ ސަރަހައްދުގައި ހިންގާ އަސްކަރީ އޮޕަރޭޝަނުގައި މިއަދު ހިޒްބުالله އާ ހިނގި ކުރިމަތިލުންތަކުގައި އިޒްރޭލު 2 ސިފައިން މަރާލައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހިޒްބުالله އާ އިޒްރޭލު ސިފައިންނާ ހިނގި ކުރިމަތިލުންތަކުގައި އިޒްރޭލުގެ 2 ސިފައިން މަރުވެ, 18 ސިފައިން ވަނީ ޒަހަމްވެފައެވެ.
މިއަދު ހެނދުނުން ފެށިގެން އިޒްރޭލުގެ ސިފައިންނާއި ހިޒްބުالله ޖަމާއަތުގެ ސިފައިންގެ ކުރިމަތިލުންތައް ވަނީ ވަރުގަދަވެފައެވެ. މިއީ އިޒްރޭލު އަސްކަރިއްޔާއިން ލުބުނާނަށް އެއްގަމު މަގުން އަރައިގަތުމަށްފަހު ހިޒްބުاللهއާ އެކު ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެވެ.
ޣައްޒާގެ ހަމާސް ޖަމާއަތާ ހަނގުރާމަކުރުމަށްވުރެ ލުބުނާނަށް އަރައި ހިޒްބުالله އާ ހަނގުރާމަކުރުމަކީ އުދަނގޫ ކަމެއް ކަމަށް އިޒުރޭލުގެ އަސްކަރިއްޔާއަށް އެނގެއެވެ. ހިޒްބުاللهގައި ހަނގުރާމަކުރަމުންދާ ސިފައިންނަކީ ސީރިއާގައިވެސް ހަނގުރާމަކޮށްފައިވާ ވަރުގަދަ މުޖާހިދުންނެވެ.
ގުޅުންހުރި

އިޒްރޭލުން ލުބުނާނުގެ ވެރިރަށަށް ވަރުގަދަ ހަމަލާއެއް: މިއީ މިފަހުން ބެއިރޫތަށް ޔަހޫދީން ދިން އެންމެ ބޮޑު ހަމަލާ - ރޮއެޓާސް

މިމަހުގެ 18 ގެ ކުރިން ލުބުނާނުގައި ތިބި ޔަހޫދީ ސިފައިން ފައިބާން އަންގައިފި

ނިރުބަވެރި އިޒްރޭލުން ލުބުނާނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލަނީ
