logoEN
cocacola
ފަހިރާސްތާ ޕްރޮގްރާމް ރަސްފަންނުގައި ކުރިއަށް ގެންގޮސްފި

ފަހިރާސްތާ ޕްރޮގްރާމް ރަސްފަންނުގައި ކުރިއަށް ގެންގޮސްފި

އަލްފާ އަލީ

logo

10/2/2024, 6:21:33 AM

# ފުލުހުން

-

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި އެކްސިޑެންޓުތައް މަދުކުރުމާއި މާލޭގެ މަގު ތަކަކީ އެންމެނަށް ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ފަހިރާސްތާ ޕްރޮގްރާމް ރަސްފަންނުގައި ކުރިއަށް ގެންގޮސްފިއެވެ.

ގޮސިޔާ

އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، އެއްގަމު އުޅަނދު ދުއްވުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތުދީފައިވެއެވެ. އަދި މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި އެކްސިޑެންޓުތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތުދީފައިވެއެވެ.

undefined

އޭގެ އިތުރުން، މަގުމަތީގެ އަދަބުތަކުގެ މައުލޫމާތު ވެސް ދީފައިވެއެވެ. މައުލޫމާތުދީފައިވަނީ މީހުންނާ ބައްދަލުކޮށް ކިޔައިދީގެންނާއި ކުރެހުމާއި ޕޯސްޓަރު މެދުވެރިކޮށް އަދި ލީފްލެޓް މެދުވެރިކޮށް ވެސް މައުލޫމާތުދީފައިވެއެވެ. އަދި މަގުމަތީގެ އަދަބުތަކާގުޅޭ ލަވަ، ބަނދި އަދި އޯޑިއޯ ކްލިޕް މެދުވެރިކޮށް އަޑުގަދަކުރާ ބޭނުންކޮށްގެން ވެސް މައުލޫމާތުދީފައިވެއެވެ.

undefined

ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން ގިނަބަޔަކަށް މައުލޫމާތުދީފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުންނެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ފުލުހުންނަށް ލިބިފައިވެއެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުތަކަކީ ރައްޔިތުންނަށް އަމާން ރައްކާތެރިތަނަކަށް ހެދުމަށް ހާއްސަ މަަސައްކަތްތަކެއް ފުލުހުން ދަނީ ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ