
އިޒްރޭލަށް ހަމަލާދިނުމުގެ ކުރިން އިރާނުން ރަޝިޔާއަށް ހަމަލާގެ މައުލޫމާތު ދިން!
# އިރާން-އިސްރާއިލް# ރަޝިޔާއިޒްރޭލަށް މިސައިލް ހަމަލާ ދިނުމުގެ ކުރިން އިރާނުން ރަޝިއާއަށް އެކަން އަންގާފައިވާ ކަމަށް އިރާނުގެ އިސް އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވެއްޖެ އެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ ރަޝިޔާއަށް ހަމަލާގެ މައުލޫމާތު ހަމަލާދިނުމުގެ ގަޑިއިރުތަކެއް ކުރިން އަންގާފައިވާ ކަމަށެވެ. ނަމަވެސް އީރާނުން ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް އެމެރިކާއަށް އެލާޓް ކުރީ "ހަމަލާތައް ދިނުމުގެ ކުޑަ އިރުކޮޅެއް ކުރިން" ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ރަޝިޔާ އާއި އީރާނާ ދެމެދު އޮތް ގުޅުން ބަދަހިކޮށްފައިވާއިރު، އީރާނުން ވަނީ މޮސްކޯގެ ހަނގުރާމައަށް ބެލިސްޓިކް މިސައިލް ފޯރުކޮށްދީފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވެސް މިދިޔަ މަހު ވިދާޅުވީ އީރާނުގެ ކުރު ރާސްތާގެ ފާތު-360 ބެލިސްޓިކް މިސައިލްގެ ޝިޕްމަންޓްތައް ރަޝިޔާގެ އަސްކަރިއްޔާއަށް ލިބިފައިވާ ކަމަށް އެމެރިކާ އިން ގަބޫލުކުރާ ކަމަށެވެ.
އިރާނާއި ރަޝިޔާގެ ގުޅުން ވަރުގަދަވެފައިވާއިރު މިއަހަރު ރަޝިޔާގެ ރައީސް ޕުޓިން ވަނީ ރަސްމީ ދަތުރުފުޅެއްގައި އިރާނަށްވެސް ވަޑައިގެންފައި އެވެ. އަދި އިރާނާއި ރަޝިޔާގެ ގުޅުން އިތުރަށް ވަރުގަދަ ކުރާނެކަން އެދަތުރުފުޅުގައި ޕުޓިން ވަނީ އިއުލާނުވެސް ކުރައްވާފައި އެވެ.
އިރާނުން މިރޭ ވަނީ އިޒްރޭލަށް އަމާޒުކޮށް 200 އެއްހާ ބެލިސްޓިމް މިސައިލް ފޮނުވާލާފައި އެވެ. މި މިސައިލްތަކަކީ 12 މިނެޓުން އިރާނުން އިޒްރޭލާއި ހަމައަށް ފޯރާ މިސައިލްތަކެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގުޅުންހުރި
.webp&w=3840&q=75)
ފްލައިޓު ވެއްޓުނު ހާދިސާގެ ޒިންމާ ނަގައި ޕުޓިން އަޒަރުބައިޖާންގެ ރައްޔިތުންގެ ކިބައިން މާފަށް އެދިއްޖެ

އިޒްރޭލަށް ހަމަލާއެއްދޭން މިދަނީ ތައްޔާރީތައް ވަމުން - އިރާން

ހަމަލާދީފިނަމަ އިޒްރޭލުގެ ހަކަތައާއި ގޭސް ސައިޓްތަކަށް ހަމަލާދޭނަނަށް: އިރާނު
