
އިރާނުގެ މިސައިލްތަކުން އިޒްރޭލުގެ ދިފާއުކުރުމަށް ބައިޑެން, އެމެރިކާ ސިފައިންނަށް އަމުރުކޮށްފި
# އިސްރާއިލް-
އިރާނުގެ މިސައިލްތަކުން އިޒްރޭލުގެ ދިފާއުކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން, އެމެރިކާ ސިފައިންނަށް އަމުރުކޮށްފި އެވެ.

ވައިޓް ހައުސްއާއި ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކުރާ ގޮތުގައި އީރާނުގެ ހަމަލާތަކާ ދެކޮޅަށް އިސްރާއީލުގެ ދިފާއުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި އިސްރާއީލަށް އަމާޒުކޮށް އަންނަމުންދާ މިސައިލްތައް ވައްޓާލުމަށް ބައިޑަން އެމެރިކާގެ އަސްކަރިއްޔާއަށް ވަނީ މިހާރު އަމުރުކޮށްފައެވެ.
އަދި އެމެރިކާގެ ރައީސް ބައިޑަން އާއި ނައިބު ރައީސް ހެރިސް އިސްރާއީލާ ދެކޮޅަށް އީރާނުން ދިން ހަމަލާ ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމުން ބަލަމުންދާ ކަމަށް ވެސް ވައިޓް ހައުސް އިން ބުނެފައި ވެއެވެ.
މިއާއި އެކު އިރާނުގެ މިސައިލްތައް އިންޓެސެޕްޓު ކުރުމުގެ މަސައްކަތުގައި އެމެރިކާ ސިފައިން މިހާރުވެސް ދަނީ އިޒްރޭލަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އިރާނުން މިރޭ ވަނީ އިޒްރޭލަށް އަމާޒުކޮށް 200 އެއްހާ ބެލިސްޓިމް މިސައިލް ފޮނުވާލާފައި އެވެ. މި މިސައިލްތަކަކީ 12 މިނެޓުން އިރާނުން އިޒްރޭލާއި ހަމައަށް ފޯރާ މިސައިލްތަކެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މެދުއިރުމަތީގެ ހާލަތު ގޯސްވާނެކަމަށް ބެލެވޭތީ އެމެރިކާއިން ވަނީ އެމެރިކާގެ ބައެއް ސިފައިން މެދު އިރުމައްޗަށް ފޮނުވާފައި އެވެ. އޭގެ ތެރެއިން ގިނަ ސިފައިންތައް ތިބީ އިޒްރޭލާއި ކައިރިން ކަނޑުގެ ސަރަހައްދުތަކުގައި އެވެ.
ގުޅުންހުރި

އަމިއްލައަށް ވަޅުލި ލޭންޑް މައިނަކަށް އެރި ޔަހޫދީ ސިފައިންގެ މީހަކު ވަރަށް ބޮޑަށް އަނިޔާވެއްޖެ

ޔަމަނުން އިޒްރޭލަށް ވައިގެ ހަމަލާއެއް ފޮނުވާލައިފި

ޔަހޫދީ ސިފައިންގެ ބަޑީގެ ހަމަލާތަކެއްގައި ޣައްޒާގެ ތިން މީހަކު ޝަހީދުވެއްޖެ
