
އިރާނުން މިހާތަނަށް 200 އަށްވުރެ ގިނަ ބެލިސްޓިކް މިސައިލް ފޮނުވާލައިފި - އިޒްރޭލު
# އިރާން - އިސްރާއީލް--
އިރާނުން މިހާތަނަށް އިޒްރޭލުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް 200 އަށްވުރެ ގިނަ މިސައިލް އުދުއްސާލާފައިވާ ކަމަށް އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

އިޒްރޭލުގެ އާމީ ރޭޑީއޯއިން ރިޕޯޓުކުރާގޮތުގައި އީރާނުން އިސްރާއީލަށް 200 އެއްހާ މިސައިލް މިވަގުތާއި ހަމައަށް ފޮނުވާލާފައިވާ ކަމަށެވެ.
އަދި މި ހަމަލާތަކުން އިޒްރޭލު ސަލަމާތްކުރުމަށް ޔަހޫދީ އަސްކަރިއްޔާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އާމީ ރޭޑިއޯއިން ބުނެއެވެ. އަދި ހަމަލާތަކާއި އެކު މުޅި ގައުމުގައި އޮތީ ސައިރެންގެ އަޑު ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން މީގެ ކުޑައިރުކޮޅެއް ކުރިން ނެރުނު ބަޔާނެއްގައި ބުނީ ހަމަލާތައް ދެމުންދާ ކަމަށާއި އާންމުން "ވަކި ގޮތެއް އަންގަންދެން ހިމާޔަތްކޮށްފައިވާ ތަނެއްގައި ތިބުމަށް" އަންގާފައިވާ ކަމަށެވެ.
އިޒްރޭލުގެ އާމީ ރޭޑިއޯއިން އިތުރުަށް ރިޕޯޓުކުރާ ގޮތުގައި ގޮތުގައި އިޒްރޭލުގެ ބައިނަލްއަގުވާމީ މައި އެއާޕޯޓު ކަމަށްވާ ބެން ގުރިއަން އަށް ޓެކްއޮފް ކުރުމާއި ލޭންޑިން ކުރުން ވަނީ މެދުކަނޑާލައިފަ އެވެ.
ގުޅުންހުރި

އިރާނުގެ ރައީސް އަވާހަރަކޮށްލަން އިސްރާއީލުން މަސައްކަތް ކުރި!

އިރާނުން މިއަދު ހެނދުނު ދިން ހަމަލާއެއްގައި މަރާލި 4 ޔަހޫދީންގެ ތެރޭގައި ސިފައިންގެ މީހެއް ހިމެނޭ!

ހަމަލާތައް ހުއްޓުލަން ޖެހޭ ހާލަތެއް އަދި ނެތް، ހަމަލާތައް ހުއްޓާލުމުގެ އެއްވެސް ހުށަހެޅުމެއް ނުލިބޭ - އިރާން
