
-
ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން, ވެމްކޯއިން ދާދި ފަހުން ފެށި "ހޮބާ" ހިދުމަތް ދިނުމަށް ފުލުހުންގެ ކޯޕަރޭޓިވް, ޕޮލްކޯއާއި އެކި ސޮއިކޮށްފި އެވެ.

ހޮބާ ހިދުމަތަކީ ވެމްކޯއިން ދެމުންދާ ހިދުމަތްތައް ފުޅާކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ވިޔަފާރިތަކަށްވެސް ޚާއްސަކޮށްގެން އެކުންފުނިތަކުގެ އޮފީސްތަކާއި އިމާރާތްތައް ފޮޅާ ސާފުކުރުމަށްޓަކައި ފެށި ހިދުމަތެކެވެ.
މި ހިދުމަތް ޕޮލްކޯއަށް ދިނުމަށް މިއަދު ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެގޮތުން އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެމްޑީ މުޖުތަބާ ޖަލީލް އެވެ.
ވެމްކޯއިން ބުނީ މި އެއްބަސްބުމުގެ ދަށުން ހުޅުމާލެ ފޭސް 1 ގެ ޕޮލްކޯ ޓަވަރު ފޮޅައި ސާފުކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.
ހޮބާގެ ނަމުގައި ވެމްކޯއިން ހިދުމަތްދޭން ފެށީ މިދިޔަ މަހުގެ ތެރޭގައި އެވެ. އެގޮތުން މި ހިދުމަތް މިހާރުވެސް ވެމްކޯއިން ދަނީ 10 އަށްވުރެ ގިނަ ކުންފުންޏަށް ދެމުންނެވެ.
ގުޅުންހުރި

ހަށިގަނޑު ތެރެއަށް ޑީސަލް ގޮސްގެން ފަރުވާ ދެމުން އައި މުވައްޒަފުގެ ހާލު އަންނަނީ ރަނގަޅުވަމުން - ވެމްކޯ

ގަމުގައި މެޓް އޮފީހުގެ އައު އިމާރާތެއް އެޅުމުގެ މަސައްކަތް ވެމްކޯއަށް!

ސިލޯނާއިއެކު ދިވެހީން: ވެމްކޯގެ ފަރާތުން އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފި
(1).jpg&w=3840&q=75)




