logoEN
cocacola
ވްލަހޮވިޗްގެ ދެލަނޑާއެކު ޖެނޯއާ ބަލިކޮށް ޔުވެންޓަސް ލީގުތާވަލުގެ އެއްވަނައަށް

ވްލަހޮވިޗްގެ ދެލަނޑާއެކު ޖެނޯއާ ބަލިކޮށް ޔުވެންޓަސް ލީގުތާވަލުގެ އެއްވަނައަށް

ހަސަން ޝަމްއޫން

logo

9/28/2024, 7:41:34 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# ޖެނޯއާ# އިޓާލިއަން ސެރިއޭ# ޔުވެންޓަސް

ޖެނޯއާ ކޮޅަށް ލަނޑުޖެހުމަށްފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާފާޅުކުރަނީ

އިޓާލިއަން ސެރިއޭގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި ޖެނޯއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޔުވެންޓަސް އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ގޮސިޔާ

ލީގުގައި ޖެނޯއާ އެންމެ ފަހުން ކުޅުނު މެޗުގައި ވެނެޒިއާ އަތުން 2-0 ގެ ނަތީޖާއަކުން އެޓީމު ބަލިވެފައިވާއިރު، ޔުވެންޓަސް ލީގުގައި އެންމެ ފަހުން ނަޕޯލީ އާއި ދެކޮޅަށް ކުޅުނު މެޗު ނިމުނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ޔުވެންޓަސް އިން މެޗުގެ ލީޑުހޯދީ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކޮށްދިނީ ސާބިއާގެ ފޯވާޑް ޑުސާން ވްލަހޮވިޗް އެވެ. އަދި އޭގެ ހަތް މިނެޓް ފަހުން ވްލަހޮވިޗް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މިމެޗުގައި ޔުވެންޓަސްގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމު ޕޯޗުގަލް ފޯވާޑް ފްރެންސިސްކޯ ކޮޮންސެކާއޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު ހަ މެޗުން ޔުވެންޓަސްއަށް 12 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގުތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ޖެނޯއާއަށް ކުޅުނު ހަ މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގުތާވަލުގެ 16 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ