
-
ރާއްޖޭގައި ކުރިއަށްގެންދާ ކުޅިވަރު މަޝްރޫޢުތަކަށް، ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް)ގެ އެހީތެރިކަން ލިބޭނެކަމުގެ އުއްމީދު އެބައޮތްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ ސީޖީއެފްގެ އޭޝިއާ އަދި އޯޝޭނިއާ ސަރަހައްދީ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.
ސީޖީއެފްގެ ސަރަހައްދީ ބޮޑު ބައްދަލުވުމުގައި އެ ފެޑްރޭޝަންގެ ރައީސް ކްރިސް ޖެންކިންސް އާއި ސީއީއޯ ކޭޓީ ސެޑްލިއަރވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
މި ބައްދަލުވުމުގެ ހަވާސާގައި ވަޒީރު ވަނީ ސީޖީއެފްގެ އިސްވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ އުސޫލުތަކާއި ސިޔާސަތުތައް ހިއްސާކުރެއްވާފައެވެ.
ވަޒީރު ރާފިޢު ވިދާޅުވީ ރާއްޖޭގެ ކުޅިވަރުގެ ޕްރޮޖެކްޓަކަށް ސީޖީއެފްގެ އެހީ ދޭނެ ކަމުގެ އިޝާރާތެއް ސީޖީއެފްގެ ރައީސް ޖެންކިންސް ދެއްވި ކަމަށެވެ.
ގުޅުންހުރި

އުރީދޫގެ އެފްސީ 26 އީ-ސްޕޯޓްސް މުބާރާތުގެ ޗެމްޕިއަންކަން ޒަމީލް ހޯދައިފި

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް: ފުރަތަމަ ނެޝަނަލް އެތްލެޓިކްސް ކޮމްޕެޓިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

ގްރީން ސްޓްރީޓް އަތުން ގައްދޫއަށް ތަފާތު ބޮޑު މޮޅެއް




