logoEN
cocacola
 ޓްރިޕްޓީގެ އާއިލާ މީހުން ބުނީ އޭނާއާއި އިންނާނެ މީހަކު ނުވާނެ ކަމަށް!

ޓްރިޕްޓީގެ އާއިލާ މީހުން ބުނީ އޭނާއާއި އިންނާނެ މީހަކު ނުވާނެ ކަމަށް!

ސާރާ އަހުމަދު

logo

9/20/2024, 4:00:00 AM

# ބޮލީވުޑް

--

ޓްރިޕްޓީ ޑިމްރީ ފިލްމު ކުޅެންފެށުމުން އޭނާގެ މައިންބަފައިންނަށް މީހުން "މީން ތިންގްސް" ބުނި ކަން ހާމަކޮށްފި އެވެ.

ގޮސިޔާ

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޓްރިޕްޓީ ބުނީ ދިއްލީއިން މުމްބާއީއަށް ދިރިއުޅުން ބަދަލުކުރުން ވެގެންދިޔައީ އޭނާއަށް ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

ބްލޮކްބަސްޓާ ފިލްމު އެނިމަލް އަށް ފަހު މަޝްހޫރުކަން ހޯދި ޓްރިޕްޓީ ޑިމްރީ ވަނީ ސިލްވާ ސްކްރީނަށް ކުރި ދަތުރުގައި ކުރިމަތިވި އުދަގޫތަކާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. ކެޓްރީނާގެ ޔޫޓިއުބް ޗެނަލުން ކެޓްރީނާ ކައިފްގެ ބްރޭންޑް ކޭ ބިއުޓީ އަށް ދިން އިންޓަވިއުއެއްގައި އުއްތަރަކަންދަށް ނިސްބަތްވާ ޓްރިޕްޓީ ވަނީ އޭނާއާ ދެކޮޅަށް ދެއްކި "މީން" ވާހަކަތަކާއި މީހުން އޭނާ ގެ އަގު ވައްޓާލަން ކުރި މަސައްކަތް މަތިން ހަނދާންކޮށްފައެވެ.

މުޖުތަމައުގައި ވެސް އަދި އޭނާގެ އާއިލާގައިވެސް މައިންބަފައިންނަށް "މީން" ވާހަކަތައް ދައްކާ މީހުން އެބަތިބި ކަމަށް އޭނާ ބުންޏެވެ. އެގޮތުން ބައެއް މީހުން އޭނާގެ މައިންބަފައިން ކައިރީ އެކަކުވެސް އޭނާއާ ކައިވެނި ކުރަން ބޭނުން ނުވާނެ ކަމަށްވެސް ބުނެފައިވާ ކަމަށް ޓްރިޕްޓީ ބުންޏެވެ.

ޓްރިޕްޓީ ވަނީ އޭނާގެ ފުރަތަމަ ފިލްމު "ލައިލާ މަޖްނޫ" ރިލީޒްކުރުމާ އެކު އޭނާގެ މައިންބަފައިން އޭނާއާ މެދު ފަޚުރުވެރިވި ކަމަށް ބުނެފައިއެވެ. އެގޮތުން، އޭނާގެ ބައްޕަ އޭނާއަށް ގުޅައި "އެމީހުން ތިބީ ވަރަށް އުފަލުން" ކަމަށް ބުނި ކަމަށް ޓްރިޕްޓީ ބުންޔެވެ.

ރަންބީރު ކަޕޫރު ލީޑް ރޯލް ކުޅުނު "އެނިމަލް" (2023) ރިލީޒްކުރި ފަހުން ޓްރިޕްޓީވަނީ ވަރަށް ބޮޑަށް މަޝްހޫރުވެފައިއެވެ.

އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ ވިކީ ކޯޝަލްއާ އެކު "ބޭޑް ނިއުޒް" އިންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ