
އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގަވާއިދަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން ދިވެހިން ސަމާލުވާން އެދިއްޖެ
# އިނގިރޭސިވިލާތް# ފޮރިން މިނިސްޓްރީ-
އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގަވާއިދަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން އެގައުމަށް ދަތުރުކުރާ ދިވެހީން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދިއްޖެ އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, އިނގިރޭސިވިލާތުގެ ސަރުކާރުން އެ ޤައުމުގެ އިމިގްރޭޝަން ޤަވައިދަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަން އެފަރާތުން އަންގާފައިވާ ކަމަށެވެ. މި ބަދަލުތަކުގެ މައިގަނޑު މަޤްޞަދަކީ އެޤައުމުގެ ބޯޑަރު ކޮންޓްރޯލް ސެކިއުރިޓީ ޑިޖިޓަލައިޒްކޮށް، އިތުރަށް ހަރުދަނާކޮށް، އިމިގްރޭޝަން ނިޒާމުގެ ނަހަމަ ބޭނުންކުރުން ހުއްޓުވައި، އިނގިރޭސިވިލާތަށް ވަނުމުގެ ކުރިން އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުންކަމުގައި އެފަރާތުން މައުލޫމާތު ދެއްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
މި ބަދަލާ ގުޅިގެން، 27 ނޮވެމްބަރ 2024 އިން ފެށިގެން، ދިވެހިރާއްޖެ ހިމެނޭ ގޮތަށް 49 ޤައުމެއްގެ ރައްޔިތުންނަށް އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީ.ޓީ.އޭ.) އަށް ރިކުއެސްޓް ކުރެވޭނެއެވެ. އަދި 8 ޖެނުއަރީ 2025 އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރެވޭނީ އީ.ޓީ.އޭ. ހޯދުމަށްފަހުގައެވެ.
އީޓީއޭއެއްގެ އަގަކީ 10 ޕައުންޑް ކަމަށާއި، އީޓީއޭގެ މުއްދަތަކީ 2 އަހަރު ދުވަސް ކަމަށާއި، ކޮންމެ ދަތުރެއްގައި އެއްފަހަރާ ގިނަވެގެން 6 މަސް ދުވަހަށްވުރެ އިތުރުނުވާގޮތަށް ނުވަތަ ޕާސްޕޯޓް މުއްދަތު ހަމަވަންދެން އިނގިރޭސިވިލާތަށް މަލްޓިޕަލް ދަތުރުކުރުމުގެ ހުއްދަ ދެވޭނެކަމަށް ފާހަގަކޮށްފައިވެއެވެ.
02 އޭޕްރީލް 2025 އިން ފެށިގެން، އިނގިރޭސިވިލާތަށް ދަތުރުކުރާ، އިނގިރޭސިވިލާތާއި އަޔަލެންޑްގެ ރައްޔިތުން ފިޔަވައި ހުރިހާ ގައުމެއްގެ ރައްޔިތުންވެސް އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރީން އީ.ޓީ.އޭއަށް ރިކުއެސްޓް ކުރަން ޖެހޭނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އިނގިރޭސިވިލާތަށް ދަތުރުކުރުމަށް ބޭނުންފުޅުވާ ދިވެހި ރައްޔިތުން މި ބަދަލުތަކަށް ސަމާލުކަން ދެއްވާ އިނގިރޭސިވިލާތުގެ އިމިގްރޭޝަން ޤަވައިދުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިލައްވާފައެވެ.
ގުޅުންހުރި

ރާއްޖެ-ޖަޕާން ޕޮލިސީ ޑައިލޮގްގެ ފަސް ވަނަ ބުރު ނިންމާލައިފި

ޣައްޒާގެ ބިން "ވަގަށް" ނެގުމުގެ ނިޔަތުގައި ނިރުބަވެރި ނަތަންޔާހޫ ދެއްކެވި ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

މިނިސްޓަރު ހަލީލް, ސައުދީގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި
.jpg&w=3840&q=75)