
ކުރެންދޫ ހައުސިންގ ޔުނިޓު މަޝްރޫއުގެ 47 އިންސައްތަ މަސައްކަތް ނިމިއްޖެ
# ޅ ކުރެންދޫ# ހައުސިންގ މިނިސްޓްރީ--
ޅ ކުރެންދޫގައި ކުރިޔަށްދާ 50 ހައުސިންގ ޔުނިޓު މަޝްރޫއުގެ އަދާހަމަ ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

އެވުޒާރާއިން މިއަދު ބުނީ މި މަޝްރޫއުގެ ދަށުން މިހަރު 47 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި މަޝްރޫއު ވީ އެންމެ އަވަހަކަށް ނިންމުމަށް ބާރު ސްޕީޑެއްގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކުރެންދޫގައި ހައުސިންގ ޔުނިޓުތައް އެޅުމަށް ހަވާލުކޮށްފައިވަނީ އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއި އެވެ. އެކުންފުންޏާއި ސަރުކާރުން މި ޕްރޮޖެކްޓު ހަވާލުކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި އެވެ.
މި ހައުސިން ޔުނިޓްތައް އިމާރާތް ކުރެވިގެންދާނީ މަލްޓީ ސްޓޯރީ ބިލްޑިންއެއްގައި 50 އެޕާރޓްމަންޓްއާއި ލިފްޓް ހިމެނޭގޮތަށް ގްރައުންޑް ފުލޯގައި ކޮމާޝަލް އޭރިއާ، ބިލްޑިންގ ސާރވިސް އޭރިއާ ހިމެނޭ ގޮތަށެވެ. އެޕާޓްމަންޓްގެ ބޮޑު މިނަކީ 1000 އަކަފޫޓެވެ. އެޕާޓްމަންޓްގައި ހިމެނެނީ 3 ކޮޓަރި، 3 ފާހަނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެވެ.
މީގެ އިތުރުން ހައުސިންގ ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށާއި، އާއްމު ރައްޔިތުން ހިތްފަސޭހަ މާހައުލެއް ގާއިމްކުރުމަށް ޕާކަކާއި ވެހިކަލް ޕާރކިން އޭރިޔާއެއް ގާއިމްކުރެވިގެންދާނެއެވެ. އަދި އިމާރާތް ވަށައިގެން އަލި ކުރެވިގެންދާނެއެވެ.
ގުޅުންހުރި

މި ސަރުކާރުން ގޯތީގެ ރަޖިސްޓްރީ ހަދާނީ ބިން ހިއްކާފައި - މުއްތަލިބް

ފޭސް 3 ގައި އަގުހެޔޮ ފްލެޓުތައް އަޅަން ހުށަހެޅުމަށް އިތުރު ފުރުސަތެއް!

ޣާޒީ ބިލްޑިންގ ހުރި ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް އާރު.ޑީ.ސީއާ ހަވާލުކޮށްގެން އެ މަސައްކަތް ވަނީ ފަށާފަ: މުއްތަލިބު




