
ތިނަދޫގައި އާރްޑީސީން ކުރިޔަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫއު ނިމިއްޖެ, ކުންފުނީގެ ޝުކުރު މުވައްޒަފުންނަށް!
# އާރްޑީސީ--
ތިނަދޫ ސިޓީގައި އާރްޑީސީން ކުރިޔަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫއު އެއްކޮށް ނިމިފައިވާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އާރްޑީސީން ބުނެފި އެވެ.

އާރްޑީސީން މިއަދު ބުނީ ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެ ކޯޕަރޭޝަނުން ކުރިޔަށް ގެންދިޔަ މަޝްރޫޢުގެ މަސައްކަތްތައް މިހާރުވަނީ ނިމިފައިވާ ކަމަށެވެ.
އެގޮތުން އާރްޑީސީން ވަނީ މި މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިޔަށް ގެންގޮސް ނިންމުމަށްޓަކާ މަސައްކަތްކޮށްދެއްވި އެންމެހާ މުވައްޒަފުންނަށާއި ތިނަދޫ ސައިޓްގައި އިސްކޮށް މަސައްކަތްކުރެއްވި މުވައްޒަފުންނަށް އެ ކޯޕަރޭޝަންގެ މެނޭޖްމަންޓާއި އެންމެހާ މުވައްޒަފުންގެ ނަމުގައި ޝުކުރު ދަންނަވާފައި އެވެ.
މަގު ހެދުމުގެ ދެވަނަ ފިޔަވަހީގައި ތިނަދޫގައި ބޮޑު 14 މަގެއް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ތަރައްޤީކޮށްފައި ވެއެވެ. އެގޮތުން މި މަގުތަށް ތަރައްޤީކޮށްފައިވަނީ ފެން ބޮޑުވާ މައްސަލައަށް ޒަމާނީ އަދި ދާއިމީ ހައްލެއް ލިބޭނެ ގޮތަކަށެވެ. މި މަޝްރޫއުގައި ޖުމުލަ 6.5 ކިލޯމީޓަރުގެ މަގު ތަރައްޤީކުރިއެވެ.
ތިނަދޫ މަގުހެދުމުގެ މަޝްރޫއު ކުރީ ސަރުކާރުން އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 8 ވަނަ ދުވަހު އެވެ. މި މަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 78 މިލިއަން ރުފިޔާއަށެވެ.
ގުޅުންހުރި

މަނަދޫއާއި ކެނދިކުޅުދޫގެ މަގުތައް ހެދުމަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް އެރަށްތަކަށް!

ހިންނަވަރާއި ކުޑަހުވަދޫގެ މަގު ހެދުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ!

އާރްޑީސީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އިންޓާންޝިޕްގެ ދެވަނަ ބުރު ފަށައިފި
