
އެސްޓީއޯއިން ބައިނަލްއަޤްވާމީ ބަންކަރިންގ ހިދުމަތް ފަށަން ތައްޔާރުވެއްޖެ
# އެސްޓީއޯ# ބަންކަރިންގ ހިދުމަތް-
އެސްޓީއޯއިން ބައިނަލްއަޤްވާމީ ބަންކަރިންގ ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.

އެސްޓީއޯއިން ބުނީ މިމަހުގެ 19 ވަނަ ދުވަހު ބައިނަލްއަޤްވާމީ ބަންކަރިންގ ހިދުމަތް ފެށުމަށް އެކުންފުނިން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން މި ޚިދުމަތް ފެށުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހާރު އެއްކޮށް ނިމިފައިވާކަމަށް އެސްޓީއޯއިން ފާހަގަކުރެއެވެ.
ބަންކަރިންގ ޚިދުމަތުގެ އިތުރުން، އެހެނިހެން ޚިދުމަތްތައްވެސް އެ ސަރަހައްދުގައި ފޯރުކޮށްށްދެވޭނެ ކަމަށް އެސްޓީއޯ އިނެ ބުނެއެވެ.
އެސްޓީއޯއިން ބުނެފައިވާގޮތުގައި, މިހާރުވެސް ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތަށް އެދި ބުކިންގތައް އެކުންފުންޏަށް ދަނީ ލިބެމުންނެވެ. އަދި މިއާއެކު މި ޚިދުމަތް ފެށި، އިތުރަށް ފުޅާކޮށް، އިތުބާރުހުރި ޚިދުމަތަކަށް ހެދުމާއެކު، މާކެޓް އިތުރަށް ފުޅާވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން ބަންކަރިންގ ޚިދުމަތާއެކު އެހެނިހެން ޚިދުމަތްތައްވެސް އެ ސަރަހައްދުގައި ފޯރުކޮށްށްދެވޭނެ ކަމަށް އެސްޓީއޯ އިނެ ބުނެއެވެ.އިންޑިއަން ސަބްކޮންޓިނެންޓްގައި އާންމު ގޮތެއްގައި ބަންކަރިންގ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ކޮލަމްބޯ، ސްރީލަންކާއިން އަދި އިންޑިއާގެ ބަނދަރުތަކުން.ނެވެ. އެސްޓީއޯއިން އެންމެ ފުރަތަމަ ބަންކަރިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ރޭވިފައިވަނީ އެމްއެސްއެސް އިން އޮޕަރޭޓް ކުރަމުން އަންނަ "ވައި.ސީ ބެރިއާރ" އަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.
މިއީ އުޅަނދުގެ ޝެޑިއުލްޑް ބަންކަރިންއެއް ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ. އަދި މީގެ ކުރިންނަމަ މި އުޅަނދުގެ ދަތުރު ޝެޑިއުލްއާއެކު ބަންކާކުރަމުން އައީ ކޮލަންބޯއިން.ކަމަށްވެސް ބުނެފައިވެއެވެ. އެއީ ލޯ ސަލްފާ ފިއުލް އޮއިލް މީގެކުރީން ރާއްޖެއިން ލިބެން ނުހުންނާތީ ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.
"ވައިސީ ބެރިޔާ" އަކީ ކޮލަމްބޯއާއި މާލެއާ ދެމެދު ދަތުރުކުރާ އުޅަނދެކެވެ. މި އުޅަނދު މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުންކުރެއެވެ. އަދި މި އުޅަނދަކީ 1،100 ކޮންޓެއިނަރ އުފުލުމުގެ ޤާބިލުކަން ހުރި އުޅަނދެކެވެ.
ގުޅުންހުރި

އެސްޓްރަޒެނެކާއިން އެސްޓީއޯއާއި ގުޅިގެން ރާއްޖޭގައި އޮންކޮލޮޖީ ނަރސަސް އެކްސެލެންސް ޕްރޮގްރާމެއް!

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ފަރާތުން ކަސްޓަމަރުންނާއި ހޯލްސޭލް ވިޔަފާރިތަކަށް ހާއްސަކޮށްގެން 3 ފެސިލިޓީ އެއް ތައާރަފްކޮށްފި

ހުޅުމާލޭގެ އެސްޓީއޯ "ސްމާޓް ސްޓޯރް" ފާމަސީއަކަށް ބަދަލުކުރަނީ
