logoEN
cocacola
ރަށުން ބޭރުގައި ޓޮޓެންހަމް އަތުން އާސެނަލްއަށް އުނދަގޫ މޮޅެއް

ރަށުން ބޭރުގައި ޓޮޓެންހަމް އަތުން އާސެނަލްއަށް އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން

logo

9/15/2024, 2:59:20 PM

# އިގިރޭސި ޕްރިމިއާ ލީގް# ޓޮޓެންހަމް# ބޭރު ދުނިޔޭގެ ކުޅިވަރު# އާސެނަލް

ޓޮޓެންހަމް އާއި އާސެނަލް ވާދަކުރި މެޗުގެ ތެރެއިން...

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ގޮސިޔާ

ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން އެސްޓަންވިލާ އަތުން މޮޅުވެފައިވައިރު، ޓޮޓެންހަމް އެންމެ ފަހުން ކުޅުނު މެޗުގައި ނިއުކާސަލް އަތުން 2-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން އާސެނަލް މޮޅުވިއިރު، ޓޮޓެންހަމް މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި އެއްމެޗު ވަނީ އެއްވަރުވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޓޮޓެންހަމް އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން އާސެނަލްގެ ފޯވާޑް ކައި ހާވަޓްޒް އަދި ޓޮޓެންހަމްގެ ޑޮމެނިކް ސޮލާންކޭއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓިމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅެ ޓޮޓެންހަމް އިން މެޗު ޑޮމިނޭޓްކުރިއިރު، އާސެނަލް އިން މެޗުގެ ލީޑުހޯދީ ފަހުހާފުގެ 64 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ޑިފެންޑަރު ގެބްރިއަލް އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ބަކަޔޯ ސަކާ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މިނަތިޖާއެކު ކުޅުނު ހަތަރު މެޗުން އާސެނަލްއަށް 10 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިފައެވެ. އަދި މިމެޗުން ބަލިވި ޓޮޓެންހަމް ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 14 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ