logoEN
cocacola
އަލަށް ފެށުނު ހިދުމަތްތަކާއި އެކު ވެމްކޯގައި މަސައްކަތްތެއް ނެތި އެއްވެސް މުވައްޒަފެއް ނުހުންނާނެ - މުޖުތަބާ

އަލަށް ފެށުނު ހިދުމަތްތަކާއި އެކު ވެމްކޯގައި މަސައްކަތްތެއް ނެތި އެއްވެސް މުވައްޒަފެއް ނުހުންނާނެ - މުޖުތަބާ

އަހުމަދު ޝުރާއު

logo

9/4/2024, 2:12:55 PM

# ވެމްކޯ

--

ވެމްކޯގެ ހިދުމަތްތައް ފުޅާކުރުމަށް އަލަށް ފެށުނު ހިދުމަތްތަކާއި އެކު ކުންފުނީގައި މަސައްކަތެއް ނެތި ނުވަތަ އައިޑަލް ވެފައި އެއްވެސް މުވައްޒަފަކު ނުހުންނާނެ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

މުޖުތަބާ މިފަދައިން ވިދާޅުވީ ރޭ ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުޖުތަބާ ވިދާޅުވީ އައު ސަރުކާރާއި އެކު ކުންފުންޏާއި ހަވާލުވި އިރު ކުންފުނީގެ ވަރަށް ގިނަ މުވައްޒަފުންތަކެއް ތިބި ކަމަށާއި މުސާރައަށް ކުރާ ހަރަދުވެސް ހުރީ ވަރަށް ބޮޑުކޮށް ކަމަށެވެ. ނަމަވެސް ކުންފުނީގެ ހިދުމަތްތައް ފުޅާކޮށް އާމްދަނީ އިތުރުކުރުމަށް ދާދި ފަހުން ފެށުނު ފޮޅާ ސާފު ކުރުމުގެ ހިދުމަތާއި ރިސޯޓުތަކުން ކުނި ނެގުމުގެ ހިދުމަތާއި އެކު ކުންފުންޏަށް ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

އެގޮތުން ކުންފުނީގެ ހަރަދު ކުޑަކުރުމަށް މުވައްޒަފުން ވަކިކުރުމުގެ ބަދަލުގައި ހުރިހާ މުވައްޒަފުންވެސް މަސައްކަތްތަކުގައި މިހާރު ފުރިހަމައަށް ޝާމިލުކުރަމުންދާކަން މުޖުތަބާ ފާހަގަކުރެއްވި އެވެ. އަލަށް ފެށުނު ހިދުމަތްތަކާއި އެކު ކުންފުނީގެ މުވައްޒަފުން އައިޑަލްކޮށް ބޭތިއްބުމުގެ ބަދަލުގައި ހުރިހާ މުވައްޒަފުންވެސް ޔޫޓިލައިޒް ވެގެންގޮސްފައިވާ ކަމަށާއި މިކަމުގެ ސަބަބުން ކުންފުންޏަށް ވަންނަ އާމްދަނީން ކުންފުނީގެ ހަރަދުތައް ދެކޮޅު ޖެއްސިގެންދާނެ ކަން މުޖުތަބާ ފާހަގަކުރެއްވި އެވެ. އަދި މިކަމުގެ ސަބަބުން ސަރުކާރަށްވެސް ކުންފުނީގެ ފަރާތުން ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށް މުޖުތަބާ ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް ކުންފުނީގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތަކާއި ކުންފުންޏަށް ބޭނުންވާ އިލްމީ ދިރާސާތައް ކުރުމަށްޓަކައި ވެމްކޯ އެކަޑަމީއެއް އުފައްދާފައިވާކަންވެސް މުޖުތަބާ ފާހަގަކުރެއްވި އެވެ.

މުޖުތަބާ ވެމްކޯއާއި ހަވާލުވިއިރު އެކުންފުނިން ދެމުންދިޔައީ މާލެ ސަރަހައްދާއި އައްޑޫ އަދި ފުވައްމުލައް ސިޓީގެ ކުނި ނެގުމުގެ ހިދުމަތް އެކަންޏެވެ. ނަމަވެސް މުޖުތަބާގެ ލީޑަރޝިޕްގެ ދަށުން މިހާރު އެކުންފުނިން ވަނީ ތިނަދޫ ސިޓީއާއި ކުޅުދުއްފުށީ ސިޓީގެ އިތުރުން މާފުށީގައި ވެސް ހިދުމަތް ފަށާފައި އެވެ. އަދި ހޮބާގެ ނަމުގައި ފޮޅާ ސާފުކުރުމުގެ ހިދުމަތް ފަށައި 6 ކުންފުންޏަކަށް މިހާރުވެސް އެހިދުމަތް ދެމުން އަންނަ އިރު ބައެއް ރިސޯޓުތަކުން ކުނި ނެގުމުގެ ހިދުމަތްވެސް ދެމުންނެވެ. ކުރިޔަށް އޮތް ހަފްތާގައި އިތުރު ރިސޯޓުތަކުން ކުނި ނެގުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެވިގެދާނެ ކަމަށް މުޖުތަބާ ވަނީ ރޭގެ ޕްރޮގްރާމުގައި ހާމަކުރައްވާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ