logoEN
cocacola
ޔޫކްރެއިންގެ އެއާ ފޯސް އިސްވެރިޔާ މަގާމުން ދުރުކޮށްފި

ޔޫކްރެއިންގެ އެއާ ފޯސް އިސްވެރިޔާ މަގާމުން ދުރުކޮށްފި

އަހުމަދު ޝުރާއު

logo

8/31/2024, 5:07:50 PM

# ރަޝިއާ - ޔޫކްރޭން

--

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީ އޭނާގެ ވައިގެ ސިފައިންގެ ކޮމާންޑަރު މައިކޯލާ އޮލެޝްޗުކް މަގާމުން ދުރުކޮށްފިއެވެ.

ގޮސިޔާ

ގެ ކޮމާންޑަރު މައިކޯލާ އޮލެޝްޗުކް މަގާމުން ދުރުކޮށްފައިމިވަނީ އެމެރިކާއިން އުފެއްދި އެފް-16 މަރުކާގެ މަތިންދާބޯޓެއް ވެއްޓި ޔޫކްރެއިންގެ އެންމެ އިސް ޕައިލެޓެއް މަރުވި ކަން އެއާފޯސް އިން އިއުލާންކުރިތާ އެއް ދުވަސް ފަހުންނެވެ.

ޒެލެންސްކީ ވިދާޅުވީ އެއާފޯސްގެ ކޮމާންޑް ލެވެލް "ހަރުދަނާ ކުރަން" ޖެހޭ ކަމަށެވެ.ނަމަވެސް އޮލެޝްޗުކް މަގާމުން ވަކިކުރަން ނިންމި ނިންމުމަކީ ހޯމަ ދުވަހު ހިނގި އެފް-16 އެކްސިޑެންޓާ ގުޅުން ހުރި ނިންމުމެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

އަދި އެކްޓިން އެއާފޯސްގެ ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާނީ ލެފްޓިނެންޓް ޖެނެރަލް އަނަޓޮލީ ކްރިވޮނޯޒްކާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫކްރެއިންގެ ޑިފެންސް މިނިސްޓަރު ރުސްޓެމް އުމެރޯވް ވަނީ އޮލެޝްޗުކްގެ މަގާމުން ދުރުކުރުން ޕައިލެޓް މަރުވުމާ ގުޅިފައިވާ ކަމެއް ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފައެވެ. "އަޅުގަނޑު ދަންނަވާނީ މިއީ ރޮޓޭޝަނެއް ކަމަށް،" ސީއެންއެންގެ އެލެކްސް މާކުއާޑްޓް "ދަ ސިޗުއޭޝަން ރޫމް" އަށް ދިން އިންޓަވިއުއެއްގައި އުމެރޯވް ވިދާޅުވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ