
--
ޣައްޒާގެ ހޮސްޕިޓަލެއް ކައިރީގައި ހުރި ގެއަކަށް ޔަހޫދީން ބޮން އަޅައި ދެމީހަކު ޝަހީދުކޮށްލައިފި އެވެ.

ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލްއަހްލީ އަރަބް ހޮސްޕިޓަލް (ބެޕްޓިސްޓް ހޮސްޕިޓަލް) ކައިރީގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުވެ، އެތައް ބަޔަކު ވަނީ ޒަހަމްވެފައި އެވެ.
އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ހޮސްޕިޓަލުގެ ވަށައިގެން ވާ ސަރަހައްދަށް އަމާޒުކޮށް އިތުރު ހަމަލާތައް ދީފައިވާއިރު، ޝަހީދުވި މީހުންނާއި ޒަހަމްވި މީހުން ހޯދުމުގެ މަސައްކަތް އިމަޖެންސީ އަދި ރެސްކިއު ޓީމުތަކުން އަދިވެސް ކުރަމުން އަންނަ ކަމަށް އެ ގައުމުގެ މަސްދަރުތަކާ ހަވާލާދީ އެ ނޫހުން ވަނީ ބުނެފަ އެވެ.
އަލް ޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ޔަހޫދީން ވައިގެ މަގުން ހަމަލާދީފައިވަނީ އަލް އަހްލީ އަރަބް ހޮސްޕިޓަލުގެ ފަހަތުގައި ހުންނަ ގެއަކަށެވެ. އެހަމަލާގެ ސަބަބުން ހޮސްޕިޓަލަށްވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާކަމަށް ބުނާ ނަމަވެސް އެކަން އަދި މިހާތަނަށް ކަށަވަރުވެފައި ނުވެއެވެ.
މި ހަމަލާގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ރިޕޯޓުތައް ބުނާއިރު ޝަހީދުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވެއެވެ.
ޔަހޫދީން ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން ވަނީ 40,700 އާއި ގާތްކުރާ އަދަދަކަށް މީހުން ޝަހީދުވެފައި އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ގުޅުންހުރި

މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 85 މީހަކު ޝަހީދުކޮށްލައިފި

ޣައްޒާގެ ކެފޭއަކަށް ޔަހޫދީން ބޮން އަޅައި 15 މީހަކު ޝަހީދުކޮށްލައިފި: ޝަހީދުވި މީހުންގެ ތެރޭގައި ފޮޓޯޖާނަލިސްޓަކު ހިމެނޭ!

އިރާނަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލުމާއި އެކު ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކުރާނެކަން ނިރުބަވެރި އަސްކަރިއްޔާއިން ހާމަކޮށްފި
