
--
އޯރިއޯ އާއި ކޮކާކޯލާ ގުޅިގެން ޚާއްސަ ޕްރޮޑަކްޓުތަކެއް ނެރެން ތައްޔާރުވެއްޖެ އެވެ.

ކޮކާކޯލާއާއި އޯރިއޯ ގުޅިގެން ނެރުމަށް ހަމަޖެހުފައިވަނީ ދެ ބާވަތެއްގެ ޕްރޮޑަކްޓުތަކެކެވެ. އެއީ ކޮކާކޯލާ ފްލޭވާގެ އޯރިއޯ ކޮކާކޯލާ ސޭންޑްވިޗް ކުކީ އަކާއި އޯރިއޯ ފްލޭވާގެ ކޮކާކޯލާ އޯރިއޯ ޒީރޯ ޝުގާ ބުއިމެކެވެ.
ދެކުންފުނި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޯރިއޯ ކުކީގެ ދެބައިކުޅަ އެއްބައިގައި ޓްރެޑިޝަނަލް އޯރިއޯ ރަހަ ހިމެނޭ ކްލެސިކް ޗޮކްލެޓް "ބޭސްކޭކް" ގައި ކޮކާކޯލާ ސިރަޕް ހިމަނާނެ ކަމަށެވެ. އަދި މު ކުކީގެ ދެވަނަ ހާފަކީ ކޮކާކޯލާގެ ސިގްނޭޗާ ސްކްރިޕްޓް ޖަހާފައިވާ ރަތް ކުލައިގެ ބޭސްކޭކެކެވެ. މި ދެ ބޭސްކޭކްގައި ހުދު ކުލައިގެ ކްރީމްގައި "ފިޒް" ގެނެސްދޭ އެމްބެޑެޑް ޕޮޕިން ކެންޑީސް ހުންނާނެ ކަމަށްވެސް ވަނީ ބުނެފައި އެވެ.
ޒީރޯ ޝުގާ ބުއިމުގައި ކޮކާކޯލާގެ ރަހަ ހިމަނާފައި ވަނީ "އޯރިއޯ ކުކީޒް އިން އިންސްޕަޔާކޮށްގެން ރަހަގަދަ އިންގްރީޑިއެންޓެއް" ހިމަނައިގެންނެވެ.
އޯރިއޯ ކޮކާކޯލާ ސޭންޑްވިޗް ކުކީ އާއި ކޮކާކޯލާ އޯރިއޯ ޒީރޯ ޝުގާ ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހު އެވެ.
މި ލިމިޓެޑް އެޑިޝަނަށް ދީފައިވާ ނަމަކީ ކޯކާކޯލާ-އޯރިއޯ ބެސްޓީޒް ފޯރއެވާ އެވެ.
ގުޅުންހުރި

ކޮކާކޯލާ ފައުންޑޭޝަންގެ ޚަރަދުގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބޭލްޑް ޕްލާސްޓިކްފުޅި އެކްސްޕޯޓްކޮށްފި

ކޮކާ-ކޯލާ އާއި މާވެލް ގުޅިގެން ރާއްޖޭގައި ފޯރިގަދަ ކެމްޕޭނެއް ފަށައިފި

އޯރިއޯ އާއި ކޮކާކޯލާ ގުޅިގެން ޚާއްސަ ޕްރޮޑަކްޓުތަކެއް ނެރެނީ
