
ޔޫރޯ ފުޓްބޯޅަ މުބާރާތާ ދިމާކޮށް ކޮކާ-ކޯލާއިން ކުރިއަށްގެންދާ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިން ހޮވުން
ޖޫންގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތާ ދިމާކޮށް ކޮކާ-ކޯލާއިން ކުރިއަށްގެންދާ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިން ހޮވައިފި އެވެ.
ކޮކާ-ކޯލާ ޔޫރޯ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިން ހޮވައި، އިއުލާންކުރީ އައިސް ޓީވީއިން ވަގުތުން ދެއްކި އިވެންޓެއްގަ އެވެ. އެގޮތުން މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިންގެ ގޮތުގައި ގުރުއަތުން ހޮވިފައިވަނީ އާމިނަތު ޝަހީމާ އާއި އަހްމަދު ނަސީމް އެވެ. މީގެ އިތުރުން ޕްރޮމޯޝަންގެ ތެރެއިން އިތުރު އިނާމުތަކުގެ ގޮތުގައި ސްމާޓްފޯން ލިބޭ ހަތަރު ނަސީބުވެރިންވެސް ވަނީ ހޮފާފައި އެވެ.
ޖަރުމަންގައި އަންނަ މަހި 14 ގައި ފަށާ ޔޫރަޕުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ އަކީ، ވޯލްޑް ކަޕަށް ފަހު ދުނިޔޭގައި ބާއްވާ ފުޓްބޯޅައިގެ އެންމެ ވާދަވެރި ހިފުމެވެ.
މި މުބާރާތާއި ދިމާކޮށް ކޮކާކޯލާއިން ފެށި ޕްރޮމޯޝަންގައި ހާއްސަ ޕެކޭޖިންގައި ބަންދުކޮށްފައިވާ ކޮކާކޯލާ ފުޅީގެ މަތިގަނޑު އަދި ދަޅުގެ ޓެބްގެ ދަށުގައިވާ ހަ އަދަދުގެ ކޯޑު '2626'އަށް އެސްއެމްއެސް ކުރުމުން ޔޫރޯގެ ފައިނަލް ބަލަން ދިއުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި ޕްރޮމޯޝަންގެ ދަށުން ޖަރުމަނުގެ ބާލިންގައި ކުޅޭ ޔޫރޯގެ ފައިނަލް މެޗު ބަލާލަން ދިޔުމުގެ ފުރުސަތު ދިވެހި ނަސީބުވެރިންނަށް ލިބޭނެ އެވެ.
މެއި އެކަކުން ފެށިގެން 15 ޖޫންގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ޔޫރޯގެ ފައިނަލް މެޗު ބަލަން ދިއުމުގެ ފުރުސަތު، ހަ ނަސީބުވެރިންނަށް (އިތުރު ބައިވެރިއަކާ އެކު) ލިބޭނެ އެވެ. އަދި ކޮންމެ ދެ ދުވަހުން އެއް ދުވަހު ސްމާޓްފޯނާއި އިތުރު އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް ލިބޭއިރު، ކޮކާ-ކޯލާއިން ބުނީ އެސްއެމްއެސް ކުރާ މިންވަރަކަށް އިނާމެއް ލިބުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.
ޔޫރޯ މުބާރާތް ފެށެން ކައިރިވަމުން އަންނަ އިރު ކުރިއަށް އޮތް ތަނުގައި ވެސް އެ މުބާރާތާ ގުޅޭ ތަފާތު ހަރަކާތްތައް ކޮކާކޯލާގެ ސޯޝަލް މީޑިއާ ޕޭޖުތަކުން އިއުލާން ކުރަމުންދާނެ އެވެ.
ކޮކާކޯލާއަކީ ޔޫރޯގެ ދުވަސްވީ ޕާޓްނަރެކެވެ. އެގޮތުން 1988 އިން ފެށިގެން އެ މުބާރާތުގެ ބައިވެރިއެއްގެ ގޮތުގައި ކޮކާކޯލާއިން އަންނަނީ ފޭނުންނަށް ތަފާތު ތަޖުރިބާތައް ގެނެސްދެމުންނެވެ.













.jpg?w=3840&q=75)
.png?w=3840&q=75)

