
އީރާނުން ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލަށް ހަމަލާދީފާނެ - ފޮކްސް ނިއުސް
# އިރާން-އިސްރާއިލް--
އީރާނުން ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލަށް ހަމަލާދީފާނެ ކަމަށް އެމެރިކާގެ ބޮޑު ނޫހެއް ކަމަށްވާ ފޮކްސް ނިއުސްއިން ރިޕޯޓުކޮށްފި އެވެ.

ހަމާސްގެ ސިޔާސީ ލީޑަރު އިސްމާއިލް ހަނިއްޔާ މިދިޔަ މަހުގެ ފަހުކޮޅު ތެހެރާނުގައި އަވަހާރަކޮށްލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން އީރާނާއި އެ ގައުމުގެ ޕްރޮކްސީތަކުން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލަށް ހަމަލާދީފާނެ ކަމަށް ސަރަހައްދީ މަސްދަރުތަކުން ފޮކްސް ނިއުސްއަށް މައުލޫމާތު ދީފައިވެ އެވެ.
ފޮކްސް ނިއުސްއިން މީގެ ގަޑިއިރެއްހާ ކުރިން ގެނެސްދިން ޚާއްސަ ކަވަރޭޖެއްގައި ބުނީ ހުޅަނގުގެ ބާރުތަކުން ވަނީ އީރާނާއި އެ ގައުމުގެ ބައިވެރިން ގުޅިގެން މެދުއިރުމަތީގެ ސަރަހައްދީ ނުތަނަވަސްކަން އިތުރަށް ހޫނުވާނެ ފަދަ ހަމަލާތަކުން ދުރުހެލިވުމަށް އިންޒާރު ދީފައި ކަމަށެވެ.
މިފަދައިން ފޮކްސް ނިއުސްއިން ރިޕޯޓު ކުރި އިރު އެނޫހަކީ އެމެރިކާ ސަރުކާރާއި ގާތް ގުޅުމެއް އޮންނަ ނޫހެކެވެ. އެހެން ކަމުން މި މައުލޫމާތަކީ އެމެރިކާގެ އިންޓަލިޖެންސުގެ ފެހި ސިންގަލަކާއި އެކު ބްރޯޑްކާސްޓު ކުރި މައުލޫމާތެއް ކަމަށް މަސްދަރު ދިރާސާ ކުރާ ގިނަ ފަރާތްތަކުން އަންނަ ބުނަމުންނެވެ.
އެހެނިހެން ރިޕޯޓުތައް ބުނާގޮތުގައި އެމެރިކާއިން ވަނީ އެގައުމުން މެދު އިރުމައްޗަށް ފޮނުވަމުންދާ އަސްކަރީ އުޅަނދުތައް އަވަހަށް މެދު އިރުމައްޗަށް ދިޔުމަށް މިއަދު އަންގާފައި އެވެ. އޭގެ ތެރޭގައި މިސައިލް ފޮނުވާ ސަބްމެރިންއެއްވެސް ހިމެނެއެވެ.
އިރާނުން އިޒްރޭލަށް ހަމަލާދިނުމަށް ގިނަ ތައްޔާރީތަކެއް ވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އިރާނު ސަރުކާރުގެ ތާއީދު އޮތް ހިޒްބުالله އިން ލުބުނާނު ފަޅިންވެސް ހަމަލާތައް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގުޅުންހުރި

އިރާނުގެ އެއާޕޯޓަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާދީފި: މިއީ މިހާތަނަށް އިރާނުގެ އެންމެ ދުރު ހިސާބަކަށް ދިން ހަމަލާ!

އިސްރާއީލުން އިރާނަށް ހަމަލާދިނުން: ތެލުގެ އަގު އުފުލިއްޖެ

އިސްރާއީލުން އިރާނަށް ހަމަލާދިނުން: 6 ނިއުކްލިއާ ސައިންޓިސްޓުން ޝަހީދުކޮށްލާފައިވާ ކަމަށް އިރާނުން ބުނެފި
