logoEN
cocacola
ރައީސް މުއިއްޒުގެ ޚާރިޖީ ސިޔާސަތަކީ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު ހުރަސްނުކޮށް  އެކި ޤައުމުތަކާ ގުޅުން ބޭއްވުން - އަޒާން

ރައީސް މުއިއްޒުގެ ޚާރިޖީ ސިޔާސަތަކީ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު ހުރަސްނުކޮށް އެކި ޤައުމުތަކާ ގުޅުން ބޭއްވުން - އަޒާން

އަހުމަދު ޝުރާއު

logo

8/11/2024, 3:17:37 PM

# ރާއްޖެ-އިންޑިއާ# އަހުމަދު އަޒާން

--

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޚާރިޖީ ސިޔާސަތަކީ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގަށް ހުރަސްނުކޮށް އެކި ޤައުމުތަކާ ގުޅުން ބޭއްވުން ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

އަޒާން މިފަދައިން ވިދާޅުވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ޖައިޝަންކަރު މިއަދު އައްޑޫއަށް ވަޑައިގެންނެވި ދަތުރުފުޅުގައި ޖައިޝަންކަރުއާއި އެކު ނެންގެވި ފޮޓޯއެއް އެކްސްގައި ހިއްސާ ކުރައްވައި ލިޔުއްވި ޕޯސްޓެއްގައި އެވެ. ނޫސްވެރިކަމުގައި ކުރިން އުޅުއްވި އަޒާން އަކީ ކުރީ ސަރުކާރުގައި އިންޑިއާއި އެކު އަޑި ނެގޭ އެތަކެއް ކަމެއް ކުރަމުންދާ ކަމަށާއި ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށްބުނެ އެންމެ ބޮޑަށް އެކަމާއި ދެކޮޅަށް އަޑުއުފުލި އެއް ނޫސްވެރިއާއެވެ. އަޒާން މިއަދު ޖައިޝަންކަރު އައްޑޫއަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް ހުންނެވި ފޮޓޯއެއް މީސް މީޑިއާގައި އާންމުވެގެންދިޔުމާއި އެކު ގިނަ ބަޔަކު ވަނީ އަޒާން އަށް ފާޑު ކިޔާފައި އެވެ.

މިއާއި އެކު އަޒާން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރައީސް ޑރ.މުއިއްޒުގެ ޚާރިޖީ ސިޔާސަތަކީ ދިވެހި ޤައުމުގެ އެންމެ މަތީ މަސްލަހަތު އިސްކޮށް އެކި ޤައުމުތަކާ ގުޅުން ބޭއްވުން ކަމަށާއި ދިވެހި ރައްޔިތުންގެ މިނިވަންކަމާ, ސިޔާދަތީ ރަތް ރޮނގަށް ހުރަސް ކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް މި ސަރުކާރުން ނުދޭނެ ކަމަށެވެ.

އަދި ކުރިން ވެރިކަން ކުރި މީހުން ބުނަމުން އައީ ރާއްޖެއިން އިންޑިއާ ސިފައިން ބާލައިފިނަމަ އިންޑިއާ ރުޅި އަތުވެދާނެ ކަމަށް, އަދި ރާއްޖެއާ ގުޅުން ކަނޑާލާ, ހަނޑޫ, ހަކުރު ފުށް, ނުލިބިދާނެ ކަމަށާއި ނަމަވެސް މި ސަރުކާރުން މިވަނީ އިންޑިއާ ސިފައިންވެސް ބާލާފައި ކަމަށް އަޒާން ވިދާޅުވިއެވެ. އަދި ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް ގެއްލުންވާގޮތަށް ހުރި ބައެއް އެއްބަސްވުންތައް ބާތިލުކޮށް, ދެން ހުރި އެއްބަސްވުންތައް މުރާޖައާ ކުރުމުގެ މަޝްވަރާތައްވެސް ފަށާފައި ވާކަމަށް ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިފަންނަވާ އަޒާން ވިދާޅުވިއެވެ.

View post on Twitter

އަވަށްޓެރި ޤައުމުތަކާ, އަދި ދުރު ޤައުމުތަކާއި އެކުވެސް ރާއްޖެއިން ގުޅުންތައް ދަމަހައްޓާނެ ކަން ފާހަގަކުރައްވައި އަޒާން ވިދާޅުވީ އެކަމަކު އެކަން ކުރާނީ ރާއްޖޭގެ ކަނޑުފަޅުގެ ސިއްރުތައް ވިއްކާނުލާ, ރާއްޖޭގެ އެކި ހިސާބުތަކުގަ އެ ޤައުމުތަކުގެ ސިފައިން ބައިތިއްބައިގެނެއް ނޫން ކަމަށެވެ. އަދި ކުރިން އެކަން އެ މަގުން ހިނގީ, އޭރު ވެރިކަން ކުރަން ތިބި މީހުން އެ ފުރުސަތު ދިނުމުން ކަމަށް އަޒާން ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު އެންމެ ބޮޑު ވައުދުފުޅަކީ ރާއްޖޭގައި ތިބި އިންޑީއާ ސިފައިން އަނބުރާ ފޮނުވާލުމެވެ. އެގޮތުން މިއަހަރުގެ މޭ މަހު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ވަނީ އިންޑިއާއިން އަނބުރާ ގެންގޮސްފައި އެވެ. މިކަން ސަރުކާރަށް ހާސިލުވީ އިންޑިއާއި އެކު ކުރެވުނު މުހިންމު މަޝްވަރާތަކުގެ ތެރެއިންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ