logoEN
cocacola
ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

އަހުމަދު ޝުރާއު

logo

8/11/2024, 11:46:13 AM

# ރާއްޖެ-އިންޑިއާ# އިންޑިޔާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރު

--

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް. ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައިފި އެވެ.

ގޮސިޔާ

މިމަހުގެ 9 ވަނަ ދުވަހު ރާެއްޖެ ވަޑައިގެންނެވި ޑރ ޖައިޝަންކަރު ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި އެނބުރި އިންޑިއަށް ފުރާވަޑައިގެންނެވީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެގޮތުން ޖައިޝަންކަރުއަށް އަލްވަދާޢު ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެވެ.

އައްޑޫ އިން ފުރާވަޑައިގަތުމުގެ ކުރިން ޖައިޝަންކަރު ވަނީ އިންޑިއާގެ އެހީގެ ދަށުން އެ ސިޓީގައި ހިންގި މަޝްރޫއުތައް ކަމަށްވާ ހަންކެޑެ ބްރިޖާއި، ގޮނޑުދޮށް ހިމާޔަތްކުރުން އަދި ބިން ހިއްކުމުގެ މަޝްރޫއުތައް އިފްތިތާހް ކޮށްދެއްވާފަ އެވެ. އަދި އިއްޔެ، ޖައިޝަންކަރު ވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގި 28 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ހަވާލުކުރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންފަ އެވެ.

ޒަމީރުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި ޖައިޝަންކަރު، ރައީސް ޑރ މުހައްމަދު މުއިއްޒުއާވެސް ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރައްވާފައިވެ އެވެ. ފޮރިިން މިނިސްޓަރު މޫސާ ޒަމީރު، ޑިފެންސް މިނިސްޓަރު ގައްސާނު މައުމޫން އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާވެސް ޖައިޝަންކަރު ބައްދަލުކުރެއްވި އެވެ. މީގެ އިތުރުން އިދިކޮޅު މައި ޕާޓީގެ ލީޑަރު އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާވެސް ޖައިޝަންކަރު ބައްދަލުވުކުރައްވާފައިވެ އެވެ.

މިއީ ޖައިޝަންކަރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުކަމާއި ދެވަނަ ދައުރަކަށް ހަވާލުވެވަޑައިގެންނެވުމަށްފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ރަސްމީ ދަތުރުފުޅެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ