logoEN
cocacola
މަޝްރަހު ހޫނުވެފައި ވަނިކޮށް އެމެރިކާއިން މެދުއިރުމައްޗަށް ހަނގުރާމަމަތީ އުޅަނދުތަކާއި ފައިޓަރ ސްކޮޑްރަން ފޮނުވައިފި

މަޝްރަހު ހޫނުވެފައި ވަނިކޮށް އެމެރިކާއިން މެދުއިރުމައްޗަށް ހަނގުރާމަމަތީ އުޅަނދުތަކާއި ފައިޓަރ ސްކޮޑްރަން ފޮނުވައިފި

އަހުމަދު ޝުރާއު

logo

8/3/2024, 1:58:37 PM

# ހަނިއްޔާ އަވަހާރަކޮށްލުން

--

ޔަހޫދީ އިޒްރޭލުން އިރާނުގެ ވެރިރަށް ތެހެރާނަށް ހަމަލާދީ ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާއި އެކު މެދު އިރުމަތީގެ މަޝްރަހު ހޫނުވެފައި ވަނިކޮށް އެމެރިކާއިން އެސަރަހައްދަށް އަސްކަރީ އުޅަނދުތަކެއް ފޮނުވައިފި އެވެ.

ގޮސިޔާ

ތެހެރާނުގައި ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން އީރާނުން ބަދަލު ހިފާނެ ކަމަށް ބެލެވޭތީ އެމެރިކާއިން ވަނީ ކެރިއަރ ސްޓްރައިކް ގްރޫޕަކާއި ފައިޓާ ސްކޮޑްރަންއަކާއި އިތުރު ހަނގުރާމަމަތީ އުޅަނދުތަކެއް މެދުއިރުމައްޗަށް ފޮނުވާފައި އެވެ.

ޕެންޓަގަންގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ ސަބްރީނާ ސިންގް ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ގަލްފް އޮފް އޮމާންގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ޔޫއެސްއެސް ތިއޯޑޯ ރޫޒްވެލްޓް ސްޓްރައިކް ގްރޫޕްގެ ބަދަލުގައި އެސަރަހައްދަށް ޔޫއެސްއެސް އަބްރަހަމް ލިންކަން ސްޓްރައިކް ގްރޫޕު ދިޔުމަށް ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އަންގަވާފައިވާ ކަމަށެވެ. އަދި ޔޫއެސްއެސް ތިއޯޑޯ ރޫޒްވެލްޓް ސްޓްރައިކް ގްރޫޕް މެދުއިރުމައްޗަށް ފޮނުވާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ބެލިސްޓިކް މިސައިލް ދިފާއުކުރުމުގެ ގާބިލުކަން ލިބިފައިވާ ޑިސްޓްރޯޔަރާއި ކްރޫޒަރުތައް މެދުއިރުމައްޗާއި މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. އެ ބަޔާނުގައި ފޮނުވީ ކޮން ހަނގުރާމަމަތީ އުޅަނދެއް ކަމެއް ހާމަކޮށްފައި ނުވި ނަމަވެސް އިރުމަތީ މެޑިޓެރޭނިއަން ކަނޑުގައި ތިބި އެމެރިކާގެ ދެ ޑިސްޓްރޯޔަރުން ވަނީ މިދިޔަ އޭޕްރީލް މަހު އީރާނާ ދެކޮޅަށް އީރާނުން ދިން ހަމަލާތައް ހުއްޓުވުމުގައި ބައިވެރިވެފަ އެވެ.

އަދި އޮސްޓިން ވަނީ އެ ސަރަހައްދަށް ފައިޓާ ސްކޮޑްރަންއެއް ބެހެއްޓުމަށް ވެސް އަންގާފައި ކަމަށް ސިންގް ގެ ބަޔާނުގައި ވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ