




%20(1).jpeg?w=3840&q=75)



--
ތުރުކީގެ ވެރިރަށް އަންކަރާގައި މިހާރު ކުރިޔަށްދާ ގައިދީން ބަދަލުކުރުމުގެ ބޮޑު އޮޕަރޭޝަނުގައި ތަފާތު ހަތް ގައުމެއްގެ ޖަލުތަކުން 26 މީހަކު ބަދަލުކޮށްފައިވާ ކަމަށް ތުރުކީ ސަރުކާރުން ހާމަކޮށްފި އެވެ.
އެމެރިކާއާއި ރަޝިޔާ އިސްވެ އޮވެ ކުރިޔަށްދާ މި ގައިދީން ބަދަލުކުރުމުގެ އޮޕަރޭޝަންގައި ތުރުކީގެ ރޯލައަކީ މެދުވެރިއެއްގެ ރޯލު ކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ.
މި އޮޕަރޭޝަންގެ މައުލޫމާތު ރަސްމީކޮށް ހާމަކުރަމުން ތުރުކީ ސަރުކާރުން ބުނީ މިއަދު ބަދަލުކުރެވުނު ގައިދީންނަކީ އެމެރިކާ، ޖަރުމަނު، ޕޮލެންޑް، ސްލޮވޭނިއާ، ނޯވޭ، ރަޝިއާ އަދި ބެލަރޫސްގެ މީހުން ކަމަށެވެ.
އޭގެ ތެރޭގައި ކުޑަ ދެ ކުއްޖަކާއި އެކު 10 މީހުން ރަޝިއާއަށް، 13 ގައިދީއަކު ޖަރުމަނަށް އަދި ތިން ގައިދީއަކު އެމެރިކާއަށް ބަދަލުކޮށްފައިވާ ކަމަށް އެ ތުރުކީ ސަރުކާރުން ވަނީ ބުނެފަ އެވެ.
އެގޮތުން އޭގެ ތެރޭގައި އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓަރު އީވާން ގެރްޝްކޮވިޗް އާއި އެމެރިކާގެ މެރިންސްގެ ޕައުލް ވެލާންގެ އިތުރުން ބެލަރޫސްގައި ޖަލުގައި ބަންދުކޮށްފައި ހުރި ޖަރުމަނުގެ ކުލީ ސިފައިންގެ ރިކޯ ކްރީގާ އާއި ރަޝިއާގެ އިދިކޮޅު ސިޔާސީ ލީޑަރު އިލިއާ ޔާޝިން ވެސް ހިމެނޭ ކަން ތުރުކީއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.




