logoEN
Sto top
އަޒްމީން ގައުމީ މުބާރާތުގެ ތަށި ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކާމިޔާބުކޮށްފި

އަޒްމީން ގައުމީ މުބާރާތުގެ ތަށި ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކާމިޔާބުކޮށްފި

ހަސަން ޝަމްއޫން

logo

7/30/2024, 11:53:44 AM

# ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް# އިސްމާއިލް އަޒްމީން

އިސްމާއިލް އަޒްމީން

33 ވަނަ ގައުމީ ކެރަމް މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖައަކުން އިބްރާހިމް ހުޖާން އަލީ ބަލިކޮށް ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް އިސްމާއިލް އަޒްމީން ކާމިޔާބުކޮށްފިއެވެ.

Wamco

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދިޔަ ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ ސެޓު އަޒްމީން ކާމިޔާބުކުރީ 25-6 އިންނެވެ. ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓުގެ ކުރީކޮޅު އަޒްމީން 8-0 އިން ކުރި ހޯދާފައިވަނިކޮށް ހުޖާން ވަނީ ފަހަތުން އަރައި 24-25 ގެ ނަތީޖާއަކުން ސެޓް ކާމިޔާބުކޮށްފައެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށްޓަކައި ކުޅެވުނު ތިންވަނަ ސެޓުގައި ފަހަތުން އަރައި 3-24 ގެ ނަތީޖާއަކުން މެޗު މޮޅުވެ އެންމެ ފަހުގެ ޗެންޕިއަން އަޒްމީން ވަނީ 2-1 ގެ ނަތީޖައަކުން މޮޅުވެ ތަށި ދިފާއުކޮށްފައެވެ.

މިއަހަރުގެ ގައުމީ ކެރަމް މުބާރާތުގެ ފުރަތަމަ ޑިވިޝަން ފިރިހެން ސިންގަލްސް އިވެންޓްގައި 23 ކުޅުންތެރިން ވާދަކޮށްފައިވައިރު، މީގެ ކުރިން އަޒްމީން ވަނީ ގައުމީ ކެރަމް މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން މީގެ ކުރިން 2022، 2023 ވަނަ އަހަރު ހޯދާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside