
-
އެސްޓީއޯ މެޑިކަލް ސާވިސަސް އިން ރާއްޖެ އަށް އެސްޑީ ބަޔޯސެންސަ ލެބް އިކްޕްމެންޓް ތައާރަފްކޮށްފި އެވެ.

މިއީ ވަގުތުން ނަތީޖާ ލިބޭ ޕޮއިންޓް އެފް ކެއާ ޓެސްޓުތައް ހެދޭ ޑިވައިސްތަކެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ. އަދި މިއީ ބޮޑެތި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ފެށިގެން ގޮސް ކްލިނިކްތަކަަށް ވެސް ވަރަށް ބޭނުންތެރި ފަސޭހަ، އަވަސް އަދި، އިތުބާރު ކުރެވޭނެ ނަތީޖާ ނެރެދޭނެ ޑިވައިސްތަކެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ.
އަލަށް މި ތައާރަފުކުރި ޑިވައިސްތަކުން ހެދޭ ގިނަ ޓެސްޓުތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ޕްރީކޮލިފައިވެފައިވާ ޓެސްޓުތަކެކެވެ.
އެސްޑީ ބަޔޯސެންސާ އަކީ ޑައިގްނޯސްޓިކް ވަސީލަތްތަށް އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ދެކުނު ކޮރެއާގެ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނީގެ ޑައިގްނޯސްޓިކް ވަސީލަތްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ ދާއިރާގައި ބޭނުން ކުރެވޭ ކޮލިޓީ ރަނގަޅު އިތުބާރު ހިފޭ މޮޅު އުފެއްދުންތަކެއް ކަމަށް އެސްޓީއޯ މެޑިކަލް ސާވިސް އިން ބުންޏެވެ.
ގުޅުންހުރި

އެސްޓީއޯއަށް 61 އަހަރު: ހާއްސަ އިނާމްތަކެއް ލިބުމުގެ ފުރުސަތު!

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގް ގެ ރަމަޒާން ބާޒާރު ފަށައިފި: ވިޔަފާރިކޮށްގެން 100،000 ރުފިޔާ ލިބުމުގެ ފުރުސަތު!

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް ޤާއިމުކުރި ފުރަތަމަ ފިއުލް ސްކިޑް ރައީސް ހުޅުވައިދެއްވައިފި





