
ރޮސެންބާގް އަތުން ފަހުވަގުތު މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެ
# މެންޗެސްޓަރ ޔުނައިޓެޑް# ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރެމިއާ ލީގުރޮސެންބާގާއި ދެކޮޅަށް ކުޅުނު ޔުނައިޓެޑްގެ ފުރަތަމަ އެގާރަ
ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕްރެމިއާ ލީގުގެ މެންޗެސްޓާރ ޔުނައިޓެޑާއި ނޯވޭގެ ރޮސެންބާގް ވާދަކުރި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު 1-0 ގެ ނަތީޖާއަކުން ރޮސެންބާގް މޮޅުވެއްޖެއެވެ.

މިދިޔަ ސީޒަނުގައި ޕްރެމިއާ ލީގުގެ އަށް ވަނަ ހޯދި މެންޗެސްޓާ ޔުނައިޓެޑުން ލީގުގައި އެންމެ އެދޭވޭ ނަތީޖާތަކެއް ނުހޯދުނު ނަމަވެސް އެފްއޭ ކަޕްގެ ފައިނަލުގައި ޕްރެމިއާ ލީގުގެ ޗެންޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށް އެޓީމުން ވަނީ ކުރިއަށް އޮތް ސީޒަނުގެ ޔުއެފާ ޔުރޮޕާ ލީގުން ޖާގައެއް ކަށަވަރުކޮށްފަ އެވެ.
ރޮސެންބާގާއި ދެކޮޅަށް ޔުނައިޓެޑުން ވަރުގަދަ ޓީމެއް ނެރުނުއިރު، ފުރަތަމަ އެގާރައިގައި ބުރެޒިލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ކަސަމީރޯ، މައުޓް، ރަޝްފޯޑް، އިވަންގެ އިތުރުން ވެމްބިސާކާ ކުޅެފައިވާއިރު، މިމެޗުގައި ޔުނައިޓެޑްގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. އެގޮތުން މުޅި މެޗުގައި ވެސް ރޮސެންބާގް ގެ ގޯލާއި އަމާޒުކޮށް ޔުނައިޓެޑަށް ފޮނުވާލެވިފައި ވަނީ އެންމެ ދެ ހަމަލާއެވެ.
މީގެ އިތުރުން މިމެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަ ކުޅެ ރޮސެންބާގުން ވަނީ ޔުނައިޓެޑިގެ ގޯލަށް 12 ހަމަލާއެއް ފޮނުވާލާފައެވެ. އަދި އޭގެ ތެރެއިން ހަ ހަމަލާއެއް ގޯލާއި އަމާޒުވިއިރު، މިމެޗުން އެޓީމު މޮޅުވި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް ނޯއާ ހޯލްމް އެވެ.
އަންނަ މަހުގެ 10 ވަނަ ދުވަހު ކުޅޭ ކޮމިއުނިޓީ ޝީލް މެޗުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑުން އެކުވެރިކަމުގެ އިތުރު ހަތަރު މެޗު ކުޅުމަށް ހަބަޖެހިފައިވާއިރު، މިމަހުގެ 20 ވަނަ ދުވަހު އެޓީމުން ނުކުންނާނީ ސްކޮޓްލޭންޑްގެ ރޭންޖާސް އާއި ދެކޮޅަށެވެ.
ގުޅުންހުރި

ކުލަބު ވޯލްޑްކަޕް: ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ރެއާލް ދެވަނަ ބުރުން ޖާގަ ހޯދައިފި

ކުލަބް ވޯލްޑްކަޕް: ޔުވެންޓަސް އަތުން މެންޗެސްޓާ ސިޓީއަށް ފަސޭހަ މޮޅެއް

ކުލަބު ވޯލްޑްކަޕް: ރެއާލް އަތުން ބަލިވެ ޕަޗޫކާ މުބާރާތުން ކަޓައިފި
.jpg&w=3840&q=75)