logoEN
Sto top
ފްލެޓް ލިބިފައިވާ ކަމަށް ބުނެ ސްކޭމްކޮށްގެން ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި

ފްލެޓް ލިބިފައިވާ ކަމަށް ބުނެ ސްކޭމްކޮށްގެން ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި

އަހުމަދު ޝުރާއު

logo

7/11/2024, 11:55:34 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ފްލެޓް ލިބިފައިވާ ކަމަށް ބުނެ ސްކޭމްކޮށްގެން ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި އެވެ.

Wamco

މިއަދު ފުލުހުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޓިސްކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވީ ފެބްރުއަރީ 12 ވަނަ ދުވަހު އާންމު ފަރުދަކަށް ނުދަންނަ ނަންބަރަކުން ގުޅާ، ފްލެޓް ލިބިފައިވާކަމަށް ބުނެ އޮޅުވާލައިގެން އީމެެއިލް ހޯދުމަށްފަހު އެމީހާގެ އަމިއްލަ އެކައުންޓުން 25،000 ރުފިޔާ އަދި އޭނާގެ ގުޅުން އޮންނަ ޖަމިއްޔާއެއްގެ އެކައުންޓުން 562،000 ރުފިޔާ ނަގާފައިވާ ކަމަށެވެ.

މައްސަލައިގެ އިތުރު ތަފްސީލު ދެމުން އެންޓިސްކޭމް ސެންޓަރުގެ ސްކޭމް އިންވެސްޓިގޭޝަންގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް ޝާމް މުހައްމަދު ވިދާޅުވީ މި މައްސަލަަ ބީއެމްއެލްއަށް ރިޕޯޓުކޮށްފައިވާ ފޯނު ކޯލު ކުރީ ފެބްރުއަރީ 12 ވަނަ ދުވަހުގެ 14:03 ގައެވެ. އަދި ވިކްޓިމްއަށް މޯބައިލް ނަންމްބަރު ކޮމްޕްރޮމައިޒް ކޮށްފައިވާކަން އެނގިފައިވަނީ 14:53 ހާއިރު ކަމަށެވެ.

މިއާއި އެކު އޮޓޮމޭޓޭޑް ޑިސްޓްރިބިއުޝަން ޗެނަލްތައް ހުއްޓުވިފައިވަނީ 15:53 ހާއިރުކަމަށް ވާއިރު ފުލުހުންނަށް މައްސަލަ ރިޕޯޓްކޮށްފައިވަނީ އެ ދުވަހުގެ 16:15 ހާއިރު ކަމަށްވެސް ޝާމް ވިދާޅުވި އެވެ.

މި ސްކޭމްގައި ޖުމުލަ 587،149 ރުފިޔާ ފޭރިގަނެފައިވެއެވެ. މި ފައިސާ ފޭރުމަށް ހޭދަވެފައިވަނީ ގާތްގަނޑަކަށް 1 ގަޑިއިރާ 49 މިނެޓް ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. ސްކޭމް ކުރި މީހުން ނެގި ފައިސާގެ ތެރެއިން ވިކްޓިމްގެ އަމިއްލަ އެކައުންޓުން 47 އިންސައްތަ ފައިސާ އަދި ޖަމިއްޔާގެ އެކައުންޓުން 42 އިންސައްތަ މިހާރު ރިކަވާ ކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

މި މައްސަލައިގެ ތެރެއިން ޖަމިއްޔާ އެކައުންޓުން ނެގި ފައިސާގެ 62 އިންސައްތަ ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އޭޓީއެމްތަކުން ނަގާފައިވާ ކަމަށާއި އެ ފައިސާގެ 19 އިންސައްތަ ވަނީ ކްރިޕްޓޯ ކަރަންސީއަށް އަދި އަގުބޮޑެތި އިލެކްޓްރޯނިކްސް ގަތުމަށް ހޭދަކޮށްފައި ކަމަށް ކުރި ތަހުގީގުން އެނގިފައިވާ ކަމަށްވެސް ޝާމް ވިދާޅުވި އެވެ. މި ސްކޭމްގެ ތެރެއިން ހިންގާފައިވާ ޓްރާންސެކްޝަންތަކުގެ ފައިސާގެ ޓްރެއިލް ބެލުމަށްފަހު، އޭގެން ބޭނުންނުކުރި ހުރި ފައިސާގެ 18 އިންސައްތަ އެކައުންޓު ތަކުގައި ފްރީޒްކޮށްފައިވާ ކަމަށްވެސް ޝާމް ވަނީ ހާމަކުރައްވާފައި އެވެ.

މިމައްސަލައިގައި އޭޓީއެމްތަކުން ފައިސާ ނެގުމުގެ އިތުރުން ފައިސާ ބޭނުންކޮށްގެން މުދާ ގަތުމުގައި އަށް އަތޮޅެއްގެ 36 ރަށަކުން 150 މީހުން ބައިވެރިވެފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ ހޯދިފައި އެވެ.

ފުލުހުން ބުނީ މި މައްސަލަ ބަލާ ތަހުގީގު ކުރުމުގައި 180 ފުލުސް އޮފިސަރުން ބައިވެރިވެފައިވާ ކަމަށާއި މިއީ މިހާ ގިނަ އަދަދަކަށް ސްކޭމްގެ މައްސަލައެއްގައި މިހާ ފުޅާ ދާއިރާއެއްގައި ތަހުގީގުގެ އެކި މަރުހަލާތަކުގައި ފުލުހުން ބައިވެރިވި ފުރަތަމަ ފަހަަރު ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside