logoEN
cocacola
ފިޗުން ރާއްޖޭގެ ރޭޓިންގ ދަށްކޮށްފި

ފިޗުން ރާއްޖޭގެ ރޭޓިންގ ދަށްކޮށްފި

އަލްފާ އަލީ

logo

6/27/2024, 7:55:52 AM

# ފިޗް ރޭޓިންގ

-

ދުނިޔޭގެ އެންމެ މަޝްހޫރު ކްރެޑިޓް ރޭޓިން ކުންފުނި 'ފިޗް ރޭޓިންގ' އިން ރާއްޖެއަށް ދީފައިވާ ރޭޓިން ދަށްކޮށްފި އެވެ.

ގޮސިޔާ

ކޯވިޑުގެ ކުރިން ރާއްޖެއަށް ބީ ޕްލަސް ރޭޓިންއެއް ދީފައިވެއެވެ. އޭގެ ފަހުން 'ސީސީސީ' ގެރޭޓިން ދިނުމަށްފަހު 2021ވަނަ އަހަރުންފެށިގެން ރާއްޖޭގެ ރޭޓިން ވަނީ 'ބީ މައިނަސް'ގައެވެ.

ފިޗުން ވަނީ މިއަހަރު ރާއްޖޭގެ ރޭޓިންގ އަނެއްކާވެސް 'ސީސީސީ ޕްލަސް'އަށް ދަށްކޮށްފައެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ, ބޭރުގެ ފައިސާގެ ރިޒާވް ދަށަށް ދިޔުމާއި, ބޭރު ފައިސާ ހޯދުމުގައި ހުރި ހިރާސްތައް ބޮޑުވުމުންނެވެ.

ދަރަނި މެނޭޖްކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒުކޮށްފިނަމަ މާލީ ހާލަތު ރަނގަޅުވެ، ފައިނޭންޝަލް ރޭޓިންގ މަތިވެގެންދާނެކަމަށްވެސް ފިޗުން ބުނެފައިވެއެވެ. އަދި ސަރުކާރުން މިހާރު އަންނަނީ ހަރަދުކުޑަކޮށް, އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ފިޗްގެ ރޭޓިން ރަނގަޅު ނަމަ ދުނިޔޭގެ ބޮޑެތި ބޭންކްތަކުންނާއި ގައުމުތަކުން ލޯނު ނެގުމަށް ރާއްޖެ އަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެން ދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ