
އިޒްރޭލާއި ފަލަސްތީނުގެ ކަންކަމާ ބެހޭ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލަކު އިސްތިއުފާދީފި
# ފަލަސްތީން - އިސްރާއިލް--
އެމެރިމާ ސަރުކާރުގެ ފަރާތުން އިސްރާއީލާއި ފަލަސްތީނުގެ ކަންކަމާ ބެހޭ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ އެންޑްރޫ މިލާ އިސްތިއުފާ ދީފި އެވެ.

މިކަން އެމެރިކާ ސަރުކާރުގެ މައުލޫމާތު އެންމެ ކަށަވަރުކަމާއި އެކު ގެނެސްދޭ ވޮޝިންޓަން ޕޯސްޓުން ވަނީ އެގައުމުގެ ސަރުކާރުގެ އިސް ތިން ފަރާތަކާއި ހަވާލާދީ ކަށަވަރުކޮށްދީފައެވެ.
ވޮޝިންގްޓަން ޕޯސްޓުން ބުނާގޮތުގައި އޭނާ އިސްތިއުފާ ދިނީ އޭނާގެ އާއިލާއާއެކު އިތުރު ވަގުތު ހޭދަކުރަން ބޭނުންވާކަމަށް އޭނާގެ ރަހުމަތްތެރިންނާއި ހައްސާކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެވެ. އަދި ބައިޑަންގެ ސަރުކާރުން އިސްރާއީލާ އެކު ގެންގުޅޭ ބަޔަސްޑް ގުޅުމާއި މިލާ ޝައްކުކޮށްފައިވާ ކަމަށްވެސް ވޮޝިންގްޓަން ޕޯސްޓުން ބުނެއެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީން ޣައްޒާގެ މުސްލިމުންނާއި ދެކޮޅަށް ފެށި ބޮޑު ހަނގުރާމައާއި ގުޅިގެން އެމެރިކާއިން ޣައްޒާއާއި ދެކޮޅަށް ގެންގުޅޭ ސިޔާސަތާ ގުޅިގެން ބައިޑަން ސަރުކާރުގެ ބައެއް އޮފިޝަލުންނާއި، އެމެރިކާގެ އަސްކަރިއްޔާގެ ކުރީގެ އޮފިސަރަކު ވެސް ވަނީ ފާޅުގައި އިސްތިއުފާ ދީފައި އެވެ.
ޔަހޫދީން ޣައްޒާގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކަށް އެންމެ ބޮޑށް ވާގިވެރިވަނީ އެމެރިކާއެވެ.
ގުޅުންހުރި

އައިސީސީ އިން ނިރުބަވެރި ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފި

ފަލަސްތީނުގެ ދިދަ މަނާކުރުމަށް ނިރުބަވެރި އިޒްރޭލުގެ މަޖިލީހަށް ބިލެއް!

އިޒްރޭލުގެ ނިރުބަވެރި ހަމަލާއެއް އަނެއްކާވެސް ޣައްޒާއަށް, މަރުވި މީހުންގެ އަދަދު 100 އަށް އަރާނެ ކަމަށް ބެލެވޭ - ރިޕޯޓް
