
..
ވައިޓަލް ކެއަރ ހުވަދޫއަށް އޮޕަރޭޝަން އޮފިސަރަކު ހޯދުމަށް އިއުލާންކޮށްފި އެވެ.

ވައިޓަލް ކެއަރ އިން އިއުލާންކޮށްފައިވަނީ އެކުންފުނިން ތިނަދޫ ސިޓީގައި ހިންގަމުން އަންނަ "ވައިޓަލް ކެއަރ ހުވަދޫ" އަށް އޮޕަރޭޝަންސް އޮފިސަރަކު ހޯދުމަށެވެ.
މި މަގާމުގެ މުސާރާއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 10,000 ރުފިޔާ އާއި 12,000 ރުފިޔާ ދެމެދުގެ އަދަދެކެވެ. މި މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ވައިޓަލް ކެއަރ ގެ އީމެއިލް [email protected] އަށް ސީވީއާ އެކު ތައުލީމީ ސެޓިފިކެޓް ހުށަހެޅުމަށް އެކުންފުނިން ވަނީ އެދިލައްވާފައެވެ.
ގދ. ތިނަދޫގައި ހުޅުވާފައިވާ ވައިޓަލް ކެއާ ހުވަދޫ ކްލިނިކް ހުންނާނީ އޯކިޑު މަގު ހެޕީ ސައިޑް ގައެވެ.
ވައިޓަލް ކެއަރ އިން އަންނަނީ ހުވަދޫގެ އިތުރުން މާލެ އާއި ކުޅުދުއްފުށީގައި ޑެންޓަލް، މަލްޓިސްޕެޝަލިޓީ ޑޮކްޓަރުންގެ ހިދުމަތް، ލެބޯޓަރީ އަދި ފާމަސީގެ ހިދުމަތާއެކު ފުޅާ ދާއިރާއެއްގައި ސިއްހީ ހިދުމަތް ރާއްޖެއަށް ފޯރުކޮށްދެމުންނެވެ.
ގުޅުންހުރި

ކުރިޔަށް އޮތް 3 ދުވަހު ދަތުގެ ނަރުގަނޑު އެޅުވުމުގެ ޚާއްސަ، ސްޕެޝަލިސްޓެއް ވައިޓަލްކެއާ ހުވަދޫގައި ބަލި މީހުން ބައްލަވާނެ!

އެތެރެހަށީގެ, ކަރުންމަތީގެ އަދި ނަރުގަނޑު އެޅުވުމުގެ ހާއްސަ ޑޮކްޓަރުން ވައިޓަލް ކެއާ ހުވަދޫއަށް!

ވައިޓަލްކެއަރ ހުވަދޫއަށް އޮޕަރޭޝަންސް އޮފިސަރަކު ހޯދަނީ
