
މަތިވެރި ދާއިރާގައި ސްޕޯޓްސް ފިޝިންގް ހަބެއް ހެދުމަށް މަޝްވަރާކޮށްފި
# ފިޝަރީޒް މިނިސްޓްރީ# އއ.މަތިވެރިމިއަދު ކުރިޔަށް ދިޔަ ބައްދަލުވުން
އއ މަތިވެރި ދާއިރާގައި ސްޕޯޓްސް ފިޝިންގް ބަނދަރެއް ހެދުމަށް މަޝްވަރާކޮށްފި އެވެ.

މިކަން ހާމަކުރީ މިއަދު ފިޝަރީޒް މިނިސްޓްރީއިން މަތިވެރި ދާއިރާގެ އިންތިޚާބީ މެމްބަރާއި އެ ދާއިރާގެ ބައެއް ކައުންސިލްތަކުގެ ބޭފުޅުންނާއި އެކު ބޭއްވި ބައްދަލުވުމަށްފަހު އެކްސްގައި ކުރި ޕޯސްޓެއްގައި އެވެ.
އެގޮތުން ފިޝަރީޒް މިނިސްޓްރީއިން ބުނީ މިނިސްޓަރ އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި . މަތިވެރި ދާއިރާގައި ސްޕޯޓްސް ފިޝިންގް ބަނދަރެއް/ހަބެއް ޤާއިމު ކުރުމާއި ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.
އަދި ދާއިރާގެ ގިނަ ރަށްތަކަކީ ލޯކަލް ޓުއަރިޒަމް ފުޅާ ދާއިރާއެއްގައި ކުރަމުން އަދި ކުރިއަރަމުން އަންނަ ސަރަޙައްދަކަށްވުމުން އެ ސަރަހައްދުގައި ވަދު ކަނދުފަތިތަކެއް އެޅުމާބެހޭ ގޮތުންވެސް މަޝްވަރާކުރެވުނު ކަމަށް އެމިނިސްޓްރީއިން ބުނެއެވެ.
މަތިވެރި ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބުކުރެއްވީ މިހާރުވެސް އެދާއިރާގެ މަޖިލިސް މެމްބަރުކަން ކުރައްވާ ހަސަން ޒަރީރު އެވެ. މަތިވެރި ދާއިރާގައި ހިމެނެނީ މަތިވެރިއާއި ބޮޑުފުޅަދޫއާއި މާޅޮހުގެ އިތުރުން ފެރިދޫއާއި ހިމަންދޫ އެވެ.
ގުޅުންހުރި

ރާއްޖޭގެ އެކުއާކަލްޗަރ ދާއިރާ ތަރައްގީކުރުމަށް ޗައިނާގެ ފުޖިއަން ފިޝަރީޒް އިންސްޓިޓިއުޓްއާއެކު ސޮއިކޮށްފި

ފިޔޯރީ ދެކުނުގައި ދޮށީ ކަނދުފައްޗެއް ގާއިމްކޮށްފި
-1756376062252.webp&w=3840&q=75)
ގދ އަތޮޅުގެ މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި ހުރި ކަންބޮޑުވުންތައް މިނިސްޓްރީއާއި ހިއްސާކޮށްފި
