logoEN
cocacola
ދަ ވަން  ސްޕޯޓްސް ކުލަބު ކަޓުވާލުމަށްފަހު ފަސްތަރި ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި

ދަ ވަން ސްޕޯޓްސް ކުލަބު ކަޓުވާލުމަށްފަހު ފަސްތަރި ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން

logo

3/26/2024, 2:41:52 PM

# ބީޖީ ފުޓްސަލް ޗެލެންޖު 2024

ދަ ވަން ސްޕޯޓްސް ކުލަބާއި ފަސްތަރި ވާދަކުރި މެޗުގެ ތެރެއިިން.. ފޮޓޯ: އިމޭޖެސް އެމްވީ

މިހާރު ކުރިއަށްދާ ބީޖީ ފުޓްސަލް ޗެލެންޖު 2024 ގެ ރައުންޑް އޮފް 16 ގައި މިއަދު ހަވީރު ކުޅެވުނު ދެވަނަ މެޗުގައި ދަ ވަން ސްޕޯޓްސް ކުލަބު 5-1 ގެ ނަތީޖާއަކުން ބަލިކޮށް ފަސްތަރި ސްޕޯޓްސް ކުލަބުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ގޮސިޔާ

ދަ ވަން މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ 9 ޕޮއިންޓާއެކު ގުރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ފަސްތަރި ސްޕޯޓްސް ކުލަބުން ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދީ ގުރޫޕް ޖީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިިން ދެމެޗުން މޮޅުވިއިރު އެއް މެޗުން ވަނީ ބަލިވެފައެވެ.

މެޗުގެ ފެށިގެން ދެވަނަ މިނެޓުގައި ފަސްތަރި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއިރު، މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޝާފިޢު އެވެ. ނަމަވެސް މެޗުގެ ތިން މިނެޓު ފަހުން ދަ ވަން އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އަޖުވަދު އެވެ.

ފަސްތަރިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ 8 ވަނަ މިނެޓުގައި އަބްދުﷲ ސުޒައިރު ކާމިޔާބުކުރި އިރު، 16 ވަނަ މިނެޓުގައި އަބްދުﷲ ޝާފިޢު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ފަސްތަރި ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ފަސްތަރިން އިތުރު ދެ ލަނޑު ކާމިޔާބުކުރި އިރު، އެޓީމުގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 37 ވަނަ މިނެޓުގައި އަޖުމަލް އަހުމަދު ކާމިޔާބުކުރި އިރު، އެޓީމުގެ ފަސްވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ މުހައްމަދު ދާނިޝް އިބްރާހިމް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-1 ގެ ނަތީޖާއަކުން ފަސްތަރި ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ފަސްތަރިީގެ އަބްދުﷲ ޝާފިޢު އެވެ.

7 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޖީ ފުޓްސަލް ޗެލެންޖު މިއަހަރު އަލުން ފެށިގެން ކުރިއަށްދާއިރު މިއަހަރުގެ މުބާރާތުގައި ޖުމުލަ 32 ޓީމަކުން ބައިވެރިވެފައިވެއެވެ.

ޗެންޕިއަން ޓީމަށް 40,000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގައި މިއަހަރު 32 ޓީމު ވާދަކުރަމުންދާއިރު، މުބާރަތުގެ މެޗުތައް ކުރިއަށްދަނީ ބައިވެރި 32 ޓީމު 8 ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު މުބާރާތުގެ ދެވަނަ ބުރަށް ހޮވޭއިރު، މުބާރަތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ބީޖީ ފުޓްސަލް ދަނޑުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ