logoEN
cocacola
ޔޫރޯ ކޮލިފައިންގައި ފްރާންސްއަށް ތާރީޚީ ރެކޯޑެއް!

ޔޫރޯ ކޮލިފައިންގައި ފްރާންސްއަށް ތާރީޚީ ރެކޯޑެއް!

ހަސަން ޝަމްއޫން

logo

11/19/2023, 4:08:49 AM

IMG_20231119_032941

ޔުއެފާ ޔޫރޯ ކޮލިފައިންގ ގުރޫޕް ބީގައި މިރޭ އަމިއްލަ ދަނޑުގައި ޖިބްރޯލްޓާ 14-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ ފުރާންސް އިން ޔޫރޯ ކޮލިފައިންގ މެޗެއްގައި އެންމެ ގިނަ ލަނޑުޖެހުމުގެ ރެކޯޑް ހަދައިފިއެވެ.

ގޮސިޔާ

މިދެޓީމު ޖިބްރޯލްޓާ ދަނޑުގައި ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ފުރާންސުން ކަމިޔާބުކުރި އިރު، މިމެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ވަނީ 7 ލަނޑުގެ ލީޑެއް ނަގާފައެވެ. އަދި މިމެޗުގައި ފުރާންސް އިން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ ޖިބްރޯލްޓާގެ ޑިފެންޑަރު އީތަން ސަންތޯސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުގެ ފުރަތަަމަ 16 މިނެޓުގައި ފުރާންސުން ތިން ލަނޑު ކާމިޔާބުކޮށްފައި ވަނިކޮށް މެޗުގެ 18 ވަނަ މިނެޓުގައި ޖިބްރޯލްޓާގެ ޑިފެންޑަރު އީތަން ސަންތޯސް ކުރި ކުށަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ފުރާންސުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 7-0 ގެ ނަތީޖާއަކުން ފުރާންސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ފުރާންސުން އިތުރު 7 ލަނޑު ކާމިޔާބުކުރިއިރު، މިމެޗުގައި އެޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭ ވަނީ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެފުމުގެ އިތުރުން އިތުރު ތިން ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އަދި އެޓީމުގެ ކިންގްސްލީ ކޯމަން ގެ އިތުރުން އޮލިވިއޭ ޖިރޫޑް ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން އެޓީމުގެ އެޑްރިއަން ރަބިއޮޓް، އުސްމާން ޑެންބެލޭ، މާކަސް ތުރާމް، ޒައިރޭ އެމެރީ، ޖޮނަތަން ޖޮނަތަން ކްލައުސް, ޔޫސުފް ފޮފާނާ، މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 14-0 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކޮލިފައިންގައި ކުޅުނު 7 މެޗުން މޮޅުވެ 21 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި ފްރާންސް އޮތް އިރު، މިމެޗުން ބަލިވި ޖިބްރޯލްޓާ ކުޅުނު 7 މެޗުން ވެސް ބަލިވެ މިވަގުތު އޮތީ ގްރޫޕްގެ ފުލުގައެވެ.

މިމެޗުގެ ނަތީޖާ އަކީ ފްރާންސް ގައުމީ ޓީމު މިހާތަނަށް ހޯދި އެންމެ ތަފާތުބޮޑު މޮޅެވެ. މީގެ ކުރިން އެޓީމު އެންމެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައި ވަނީ 1995 ވަނަ އަހަރު އަޒަރުބައިޖާން އާއި ވާދަކޮށް 10-0 ގެ ނަތީޖާއަކުންނެވެ. އަދި މިއީ ޔޫރޯ ކޮލިފައިންގައި މިހާތަނަށް ފެނުނު އެންމެ ތަފާތުބޮޑު ނަތީޖާއެވެ.

މީގެ ކުރިން ޔޫރޯ ކޮލިފައިންގ މެޗެއްގައި އެންމެ ތަފާތުބޮޑު ނަތީޖާއެއް ފެނިފައި ވަނީ 2006 ވަނަ އަހަރު ޖަރުމަނާއި ސަން މަރީނޯ ވާދަކުރި މެޗުގައެވެ. އެމެޗު ޖަރުމަނުން ކާމިޔާބުކުރީ 13-0 ގެ ނަތީޖާއަކުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ