logoEN
cocacola
ހިޔާ ފްލެޓްތަކުން ކަރަންޓު ކަނޑާލާނެ ކަމަށްބުނެ ފަތުރަނީ ދޮގު ހަބަރެއް - ސްޓެލްކޯ

ހިޔާ ފްލެޓްތަކުން ކަރަންޓު ކަނޑާލާނެ ކަމަށްބުނެ ފަތުރަނީ ދޮގު ހަބަރެއް - ސްޓެލްކޯ

އަލްފާ އަލީ

logo

9/17/2023, 4:25:51 PM

shareef-stelco

ރިޔާސީ އިންތިހާބާ ދިމާކޮށް، ހިޔާ ފްލެޓްތަކުން ކަރަންޓު ކަނޑާލަން އުޅޭކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ގޮސިޔާ

ސްޓެލްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރިޔާސީ އިންތިހާބާ ދިމާކޮށް އެކުންފުނިން ހިޔާ ޓަވަރުތަކުން ކަރަންޓު ކަނޑާލާނެ ކަމަށް ބުނެ މީޑިއާތަކުގައި ފަތުރަނީ ދޮގު ހަބަރެއް ކަމަށެވެ. އެއީ އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުން އަންނަ ހަބަރުތަކެއް ނޫންކަމަށްވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

ސްޓެލްކޯ އިން ބުނީ، އެކުންފުނިން ދޭ ހިދުމަތްތަކަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ އަސާސީ ހައްގެއް ކަމުން، އެހިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި މަރާމާތުގެ މަސައްކަތްތައް ކުރަން ޖެހޭކަމަށެވެ. އެފަދަ މަސައްކަތްތައް ކުރުމުގެ ކުރިން އެ މަސައްކަތް ހިނގާ ތަނާއި ވަގުތު އެކުންފުނީގެ މީސްމީޑިއާގެ އެކައުންޓްތަކުން އިއުލާނުކުރާ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

އެހެންކަމުން އެކުންފުންޏާ ގުޅުވައި ފަތުރަމުން އަންނަނީ ދޮގު ހަބަރައް ކަމަށާއި، ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އަސާސްތަކާއި މިންތައް ދެމެހެއްޓުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ