logoEN
Sto top
އަނެއްކާވެސް ޓުވިޓާއަށް ބޮޑެތި ބަދަލުތަކެއް

އަނެއްކާވެސް ޓުވިޓާއަށް ބޮޑެތި ބަދަލުތަކެއް

އައިޝަތު އިފާޝާ

logo

7/2/2023, 2:45:38 PM

_115525632_elonmusk

ޓްވިޓަރ ބޭނުންކުރާ މީހުންނަށް އެ މީހެއްގެ އެކައުންޓުން ދުވާލަކު ފެންނާނެ ޓްވީޓްތަކުގެ އަދަދު ވަކި މިންވަރަކަށް ލިމިޓްކޮށްފިއެވެ.

Wamco

ޓްވިޓަރގެ ވެރިޔާ އިލޯން މަސްކު ބުނީ ދުވާލަކު ވަކި އަދަދަކަށް ޓްވީޓް ފެންނަ ގޮތް ހަދަން ނިންމީ ބައެއް ފަރާތްތަކުން ޓްވިޓަރގެ ބޭނުން ނަހަމަ ބޭނުންކުރަމުންދިއުމުގެ ސަބަބުން ކުރިމަތިވަމުން އަންނަ މައްސަލަތައް ހައްލުކުރުމަށެވެ.

ހުކުރު ދުވަހު މި ބަދަލު ގެނެސްފައިވާއިރު، ހޮނިހިރުދުވަހު ޓްވިޓަރ ބޭނުންކުރާ ބައެއް މީހުންނަށް މައްސަލަތައް ކުރިމަތިވެގެން ރިޕޯޓްވެސްކޮށްފައިވެއެވެ.

200 މިލިއަނެއްހާ މީހުން ބޭނުންކުރާ ޓްވިޓަރއިން ފުރަތަމަ ނިންމީ ވެރިފައިޑް އެކައުންޓްތަކަށް ދުވާލަކު 6000 ޓްވީޓް ފެންނަ ގޮޮތް ހެދުމަށާއި، އަދި ވެރިފައިޑް ނޫން އެކައުންޓްތަކަށް ދުވާލަކު 600 ޓްވީޓް ފެންނަ ގޮތް ހެދުމަށެވެ. އަދި އަލަށް ހުޅުވާ އެކައުންޓްތަކުގެ ތެރެއިން ވެރިފައިޑް ނޫން އެކައުންޓްތަކުން ދުވާލަކު ކުރެވޭ ޓްވީޓްގެ އަދަދު 300އަށް ލިިމިޓްކުުރުމަށްވެސް ނިންމިއެވެ.

ނަމަވެސް ފަހުން ވަނީ ލިމިޓް ކުރި މިންވަރު އިތުރުކޮށްފައެވެ. އެގޮތުން ވެރިފައިޑް އެކައުންޓްތަކަށް ދުވާލަކު ފެންނަ ޓްވީޓްގެ އަދަދު 6000 އިން 10000 އަށް އަދި ވެރިފައިޑް ނޫން އެކައުންޓްތަކަށް ދުވާލަކު ފެންނަ ޓްވީޓްގެ އަދަދު 600 އިން 1000 އަށް ވަނީ އިތުރުކޮށްފައެވެ.

މީގެއިތުރުން އަލަށް ހުޅުވާ އެކައުންޓްތަކުގެ ތެރެއިން ވެރިފައިޑް ނޫން އެކައުންޓްތަކުން ދުވާލަކު ކުރެވޭ ޓްވީޓްގެ އަދަދު 300 އިން، 500 އަށް ވަނީ އިތުރުކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC