logoEN
ކޮކާކޯލާ
ޓައްޕެއްގެ ތެރޭގައި ޗޭނުން ބަނދެފައި ހުރި 11 އަހަރުގެ ކުއްޖަކު ސަލާމަތް ކޮށްފި

ޓައްޕެއްގެ ތެރޭގައި ޗޭނުން ބަނދެފައި ހުރި 11 އަހަރުގެ ކުއްޖަކު ސަލާމަތް ކޮށްފި

3BA16F1E-1DF3-4394-8D6C-F27F670DD7B0

ޓައްޕެއްގެ ތެރޭގައި ޗޭނުން ބަނދެފައި ހުރި 11 އަހަރުގެ ކުއްޖަކު ބްރެޒިލްގެ ފުލުހުން ސަލާމަތް ކޮށްފިއެވެ.

އަބުޅޯ

ފުލުހުން ބުނެފައިވަނީ އޭނާ ޗޭނުން ބަނދެފައިވަނީ އޭނާގެ އާއިލާ މީހުން ކަމުގައެވެ. އަދި ފުލުހުން އެ ގެއައް ދިޔައިރު އެ ކުއްޖާ ހުރީ އެ ޓައްޕު ތެރޭގައި ބަރަހަނާކޮށް ކޮޅަށް ބަހައްޓާފައެވެ. އަދި އަތާއި ފައި ޗޭނުން ބަނދެފައިވާއިރު އެ ކުއްޖާއަށް އިށީންދެވޭނެ އެއްވެސް ގޮތެއް ނެތްކަމުގައި ބުންޏެވެ. އަދި ކޮޅަށް ހުންނަން ޖެހުމުގެ ސަބަބުން އެ ކުއްޖާގެ ފައި ވަރަށް ބޮޑަށް ދުޅަވެފައިހުރި ކަމަށް ފުލުހުން ބުންޏެވެ.

އެ ކުއްޖާ ފާހަނާކޮށް ހަދަނީވެސް ހަމަ އެ ޓައްޕުގެ ތެރެއަށް ކަމުގައި ފުލުހުން ބުންޏެވެ. އަދި އެ ކުއްޖާ ބަނދެފައިހުރި ޓައްޕުގައި ވަރަށް ގިނަ ނަޖިސް ހުރި ކަމަށާއި އެހާ ވެސްވެސް ގަދަކަމުގައި ބުންޏެވެ. އެކުއްޖާއަށް ކާންވެސް ނުދީ ހުރުމުގެ ސަބަބުން ބައެއްފަހަރު އެ ކުއްޖާގެ އަމިއްލަ ނަޖިސްވެސް އެ ކުއްޖާ ކެއި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މިއާއެކު އެ ކުއްޖާގެ ބައްޕައާއި ދޮންމަންމަގެ އިތުރުން ދޮންމަންމަގެ ދަރިފުޅުވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ އެ ކުއްޖާގެ އަވައްޓެރިންނެވެ. އެ މީހުން ރިޕޯޓު ކޮށްފައިވަނީ މިހާރު އެ ކުއްޖާ ސްކޫލަށް ނުދާތާ ވަރަށް ގިނަ ދުވަސް ވެފައިވާތީއާއި އެ ކުއްޖާ މިހާރު އަވަށުގައި އުޅޭ ކުދިންނާއެކީގައި ކުޅެންވެސް ނުނިކުންނާތީއެވެ.

ފުލުހުން އެ ގެއަށް ގޮސް އެ ކުއްޖާ ސަލާމަތްކުރި އިރު އެ ކުއްޖާ ހުރީ ސިއްޚީގޮތުން ވަރަށް ދަށް ހާލެއްގައެވެ. ކާން ނުލިބުމުގެ ސަބަބުން ހަށިގަނޑު އެއްކޮށް ހިކި އަނަރޫފުވެފައި ވާއިރު ފުލުހުން އެ ކުއްޖާ ސަލާމަތް ކުރުމުން އެންމެ ފުރަތަމަވެސް ބުނީ ކާއެއްޗެއް ދިނުމަށް ކަމަށް ބުނެފައިވެއެވެ.

އޭނާގެ ބައްޕަ ބުނެފައިވަނީ އެ ކުއްޖާއަށް އެހެން ހެދީ ގޭތެރޭގައި މާ މައްސަލަ ބޮޑުކޮށް އުނދަގޫ ކުރާތީ ފިލާވަޅެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

މި މައްސަލަ އެކުއްޖާގެ ބައްޕަގެ މައްޗަށް ސާބިތުވެއްޖެނަމަ 2 އަހަރާއި 8 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި ދެންތިބި މީހުންގެ މައްޗަށް ސާބިތުވެއްޖެނަމަ 1 އަހަރާއި 4 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ