logoEN
ޕީއެންސީ 2
"ރިއޯ" ފިލްމުން ދައްކުވައިދޭ ނޫ ކުލައިގެ ދޫނި ދުނިޔެއިން ނެތިގެން ހިގައިދާނެ ކަމުގެ ބިރުބޮޑުވެފައި!

"ރިއޯ" ފިލްމުން ދައްކުވައިދޭ ނޫ ކުލައިގެ ދޫނި ދުނިޔެއިން ނެތިގެން ހިގައިދާނެ ކަމުގެ ބިރުބޮޑުވެފައި!

e

ޓްވެންޓީތް ސެންޗަރީ ފޮކްސް އިން އުފައްދާފައިވާ އިނގިރޭސި ފިލްމު ރިއޯ އިން ދަށްކުވައިދޭ އާދަޔާ ޚިލާފު ރީތި ނޫކުލައިގެ ދޫނި ސްޕިކްސެސް މަކާއު، މިދޫނި ފިލްމުގައި އެތަކެއް ހާސް މޭލަކަށް ދަތުރުކޮށް އެދޫނީގެ ނަސްލު ސަލާމަތްކުރެއެވެ. ރިއޯ ފިލްމުން މިދޫނި ގިނަބަޔެއްގެ ސަމާލުކަން ހޯދައި، ކާމިޔާބު ފިލްމެއްގެ ގޮތުގައި ފިލްމު ރިއޯ ވެގެން ގޮސަފައިވެއެވެ.

ޝަރީ 2024

ނަމަވެސް ދިރާސައަކުން ދައްކާގޮތުގައި ސްޕިކްސެސް މަކާއު އަކީ މިހާރު ނެތިގެން ހިގައިދާނެކަމުގެ ބިރު ހީވެފައިވާ ދޫނީގެ ލިސްޓުގައި ހިމެނޭ ދޫންޏެކެވެ. ސްޕިކްސެސް މަކާއުގެ 8 ވައްތަރެއްގެ ދޫނި ދުނިޔޭގައި ވާއިރު، މިދޫނީގެ އާބާދީގެ ދެބައިކުޅަ އެއްބައި ދިރިއުޅެނީ ބްރެޒިލްގެ ޖަންގަލިތަކުގައެވެ. ބާޑް ލައިފް އިންޓަރނޭޝަނަލް އިން ނެރެފައިވާ ރިޕޯޓެއް ބުނާގޮތުން މިދޫނިތައް ދުނިޔޭން ނެތިގެން ދިޔުމުގެ ބިރު ވަނީ ހީވެފައެވެ. މިހާބޮޑަށް މިބާވަތުގެ ދޫނި މަދުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ، އިންސާނުންގެ ބޭނުންތަކަށް ޖަންގަލިތަކުން ގިނައަދަދަކަށް ގަސް ކެނޑުމުން، ދޫނިތައް ދިރިއުޅޭ ހިސާބުތަކުން އެހެން ހިސާބުތަކަށް ހިޖުރަކުރަން ޖެހުމުން، އެސޮރޮމެން ކާން ބޭނުންވާ ތަފާތު ކާނާ ނުލިބި ބަނޑުހައިހޫނުކަމުގައި މަރުވެގެން ދިޔުން އަދި އިންސާނުން ދޫނި ހިފުމުގެ ސަބަބުން ދޫނިތައް މަރުވެގެން ދިޔުމެވެ.

ސްޕިކްސެސް މަކާއު ހިމާޔަތްކުރުމުގެ މަޤްސަދުގައި 2011 ގައި ރިލީޒްކޮށްފައިވާ ރިއޯ ފިލްމުގައި ބުލޫ އަކީ އެދޫނީގެ ނަސްލުގެ ހަމައެކަނި އަންހެން ދޫންޏަށްވުމުން، މިބާވަތުގެ ދޫނި އާލާކުރުމުގެ ނިޔަތުގައި މިންނެސޮޓާއިން އިން ބްރެޒިލް އަށް ބްލޫ ގޮވައިގެން ދޫނީގެ ވެރިފަރާތް ދަތުރު ކުރެއެވެ. މިގޮތުން 2011 ގައި މިދޫނި ނެތިގެން ހިގައިދާނެ ކަމުގެ ބިރުހީވެ، ހޭލުންތެރިކުރުމުގެ ގޮތުން އުފެއްދި މިފިލްމު އޭގެ އެގާރައަހަރު ކުރިން 2000ގެ އަހަރުތަކުގައި ނެރެވުނުނަމަ، މިދޫނީގެ އާބާދީގެ ބޮޑުބައެއް ސަލާމަތް ކުރެވިދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

undefined

ބްރެޒިލްގެ ޖަންގަލިތަކުގައި ބޮޑެތި ބައިގަނޑުތަކަށް ދިރިއުޅެމުން އައި ސްޕިކްސެސް މަކާއު މިހާރުވަނީ އެއްކޮށްހެން ހުސްވެފައެވެ. ބްރެޒިލްގެ ޖަންގަލިތަކުން އެންމެ ފަހުން ފެނިފައިވާ މިބާވަތުގެ ދޫނީގެ އެންމެ ފަހު 26 ޖޯޑު ރައްކާތެރިކަމާއެކު ނަގައި، މިބާވަތުގެ ދޫނި އާލާކުރުމަށް ޖާމަނީގެ އެސޯސިއޭޝަން ފޯ ދަ ކޮންޒާވޭޝަން އޮފް ތްރެޓެންޑް ޕެރޮޓްސް އަށް ބްރެޒިލްގެ ސަރުކާރުން ވަނީ ފުނުވާފައެވެ. އަދިވެސް މިރީތި ދޫނިތައް ސަލާމަތްކުރުމުގެ އުންމީދު އެބައޮތެވެ. ދިރާސާކުރާ ފަރާތްތަށް ހާމަކޮށްފައިވާގޮތުގައި، މިބާވަތުގެ ދޫނި ތަފާތު މީހުންގެ އަތުގައި ހައްޔަރުވެފައި ވުމަކީ އެކަށީގެންވާކަމެކެވެ.

undefined

އިންސާނުންގެ އަމަލުތައް ހައްދުން ނެއްޓި ދިޔުމުގެ ހިތި ނަތީޖާ، ދޫނި ސޫފާ ސުފިއަށްވެސް ކުރިމަތިލާން ޖެހިފައިވުމީ ހިތާމަ ހުރި ކަމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ