logoEN
cocacola
ދިވެހީންނަކީ ހަމަ އެއްބައެއް

ދިވެހީންނަކީ ހަމަ އެއްބައެއް

img_lg_201912251006411577293601.7387

އެއީ ކަޅުދުވަހެކެވެ. ދިވެހި ގައުމު ދުށް އެންމެ ކަޅު، ނާމާން އެއްދުވަހެވެ. އިވެމުން ދިޔައީ އެކި މީހުންގެ ރުއިމުގެ އަޑާއި ކެކުޅުންތަކުގެ އަޑެވެ. ފެންނަމުން ދިޔައީ ރާޅުން ސަލާމަތްވޭތޯ މުޅި ގައުމު އެކީ އަތުކުރި އޮޅާލައިގެން ސަލާމަތްވާން ކުރަމުން ދިޔަ މަސައްކަތްތަކެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް ރާޅެވެ. އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ގެއްލި ދިޔައެވެ. އެތައް އާއިލާ ތަކެއް ބިކަވެ، މުޅި އުމުރު ދުވަހު ހޭދަކޮށްގެން ހެދި ގެތަކާއި، ހޯދި މުދާތަށް ހަލާކުވެ ނެތިވެގެން ދިޔައީއެވެ. އެތަކެއް ބައެއްގެ ހަތަރު އުދަރެސް ފެނު ޖެހި އެތަކެއް ތަކުލީފުތަކާއި ކުރިމަތިލާން ޖެހުނީއެވެ. މި ދައްކަނީ އެންމެ ދުވަހަކުން މުޅި ގައުމަށް ދިމާވި އެންމެ ބޮޑު އެއް ކާރިސާގެ ވާހަކައެވެ. ސުނާމީ ކާރިސާގެ ވާހަކައެވެ.

ގޮސިޔާ

މިދައްކަނީ 26 ޑިސެމްބަރު 2004 ގެ ވާހަކައެވެ. އެދުވަހު ކިތަންމެ ބައިވަރު ކަންކަން ދިމާވެ، ގައުމަށް މިހާތަނަށް ދިމާވި އެންމެ ބޮޑު، ހިތާމަވެރި ކާރިސާ އެދުވަހު ހިނގިއިރުވެސް، ދިވެހީންގެ ފަރާތުން ފެންނަމުން ދިޔައީ އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އުޙުއްވަތްތެރިކަމުގެ ލާމަސީލު ނަމޫނާއެވެ. ކުޑައެއް ބޮޑެއް، މުސްކުޅިއެއް ހަނގެއް، އަންހެނެއް ފިރިހެނަކަށް ބެލުމެއް ނެތި، ކޮންމެ މީހަކުވެސް ބެލީ އެކަކު އަނެކެއްގެ އަތު ގުޅައި އެހީވެދީ ހަދާށެވެ. އެކެއްގެ އަތުގައި ނެތް އެއްޗެއް އަނެކާއަށް ފޯރުކޮށްދީ ހަދާށެވެ.

އެކެއްގެ ހިތާމައިގައި އަނެކާވެސް ބައިވެރިވިއެވެ. އެކެއްގެ ކޮނޑުގައި ބޯއަޅާލުމުގެ ފުރުސަތު އަނެކާއަށްވެސް ދިނެވެ. މިއީ އަބަދުމެ، އެކުވެރި ދިވެހީންގެ ވާހަކައެވެ. އަތުގުޅާލައި އެންމެހާ ދިވެހީން އެކީ އާބަސް ބުނެ ހަދަން ޖެހުނު ދުވަހު، އާބަސް ބުނި ގޮތުގެ ރީތިކަމުގެ އަދި ފުރިހަމަ ކަމުގެ ވާހަކައެވެ. އިންސާނިއްޔަތުކަމާއި ހުއްބުލްވަތަންގެ ލޯބި ކޮންމެ މީހެއްގެ ހިތުގައިވެސް އާލަވެފައި ހުރި މިންވަރު ދައްކުވައިދިން ދިވެހީންގެ ވާހަކައެވެ.

ދިވެހީންގެ އެކުވެރިކަމާއި އެއްބައިވަންތަކުގެ ކަމުގެ ވާހަކަ އެތަކެއް ސައްޔާހުންގެ ފޮތްތަކުގައުވެސް އައިސްފައިވެފައެވެ. ނަމަވެސް، އަމިއްލަ އާއިލާ ބިކަވެ، އަމިއްލަ ގެދޮރު އަމިއްލަ ލޯކުރިމަތިން ފަނާވެގެން ދިޔަ ހިނދުވެސް، އެކުވެރިކަމުގެ އަތެއް އަނެކާއަށް ފޯރު ކޮށްދޭނެކަމަށް ހީކުރާނީ ފަހެ ކާކުހެއްޔެވެ؟ ދިވެހީންގެ އެކުވެރިކަމާއި އެއްބައިވަންތަކުގެ މިސާލަކީ މިއީއެވެ. އަތުގައި އެއްޗެއްނެތް ކަމުގައި ވީނަމަވެސް، އޮތް އެއްޗެއް ކިތަންމެ ނުދަންނަ ބީރައްޓެހި މީހާއަށްވެސް ދީހެދިއެވެ. ގައުމު ގޮވާލި ހިނދު، ގައުމާއިގެން ތެދުވެ، ގައުމު އަލުން އާރާސްތު ކުރުމަށް އެންމެން އެކީ އަތުކުރި އޮޅާލިއެވެ. ދިވެހިންގެ އަޑަކީ އެއް އަޑެއްކަމާއި، ދިވެހީންގެ ސަފަކީ އެއްސަފެއްކަމާއި، ދިވެހީންގެ ރޫހަކީ އެއް ރޫހެއްކަމާއި، ދިވެހީންގެ ލެޔަކީ ގައުމީ ވަންތަ، އެކުވެރި އަދި އެއްބައިވަންތަ ލެޔެއްކަން ދިވެހިން މުޅި ދުނިޔެއަށް ސާބިތުކޮށްދިނެވެ.

މިއަދު ސުނާމީގެ ކާރިސާއަށް 16 ފުރުނު ހިނދުވެސް، އަދިވެސް އެދުވަސް ދިވެހީންނަށް ސިފަވާކަހަލައެވެ. ލޯބިވާ އެތަކެއް ބަޔެއް މަރުވެ، އެތަކެއް ބައެއް ގެއްލުނީ އަމިއްލަ ލޯ ކުރިމަތިންނެވެ. މުޅި ދިރިއުޅުން އަލުން އާރަސްތުކުރަން ޖެހުނީ ކުޑަ ކުޑަ ވަގުތެއްގެ ތެރޭގައި ހިނގައިދިޔަ ފޫނުބެއްދޭ ވަރުގެ ބޮޑު، އަދި އެހާމެ ބިރުވެރި، ހިތާމަވެރި ކަމެއްގެ ސަބަބުންނެވެ. ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު 26 ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ރަމްޒުކޮށްދިން ކަމުގައި ވީނަމަވެސް، އެދުވަސް އަބަދުވެސް ވާނީ، ދިވެހީންނަށް ދިމާވި އެންމެ ކަޅު އެއްދުވަހަށް ކަން ގައިމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ